ފުރަތަމަ ކަމަކަށް ބުނެލަން އޮތީ ތިމާއަށް އަދަބެއް ލިބިދާނެ ކަމަށް ނުވަތަ ވަޒީފާ ގެއްލިޑާނެކަމަށް ބިރުން ޙައްޤުބަސް ބުނަން ނުކެރޭނަމަ އެމީހަކީ ޙަޤީޤީ ޢިލްމުވެރިއަކަށް ނުވާނެއެވެ.
ދުނިޔޭގައި މީހާއަށް އަދަބެއްގެ ގޮތުން ކޮށައި ކުދިކުދިކޮށްލިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ މަރުވާއިރަށް ﷲ ތަޢާލާގެ ތަނަވަސް ރަހްމަތް ލިބެންފަށާނެއެވެ.
ދެވަނަ ކަމަކަށް ބުނެލަން އޮތީ ޖަލުގެ ކުޑަގޮޅީގައި އޮވެގެންވެސް ބައަކަށް ޢިލްމް އުނގައންނައި ދެވިއްޖެނަމަ އެކަމުގެ ފައިދާ ހާދަމަތިވެރިވާނެއެވެ.
ޝައިޚުލް އިސްލާމް އިމާމް އިބްން އަލް-ޤައްޔިމް ރަޙިމަހުﷲ އަށް ޖަލުގައި އެންމެ ބޮޑެތި އަނިޔާތައް ލިބިވަޑައިގަންނަވަމުންދިއަ ދުވަސްވަރު ދަރިވަރުންނަށް ވިދާޅުވި އަގުހުރި މިބަސްފުޅަށް ނިކަން ވިސްނައިލަބަލާށެވެ!
ޝައިޚުލް އިސްލާމް އިމާމް އިބްން އަލް-ޤައްޔިމް ރަޙިމަހުﷲ އަށް ޖަލުގައި އެންމެ ބޮޑެތި އަނިޔާތައް ލިބިވަޑައިގަންނަވަމުންދިއަ ދުވަސްވަރު، ޖަލުގެ ގޮޅީގައި އޮންނަވައިގެން އެގޮޅީގައި ތިބި ދަރިވަރުންނަށް ވިދާޅުވިއެވެ. "މިގޮޅިވަރުގެ ބޮޑު ރަންގަނޑެއް ﷲ ތަޢަލާގެ މަގުގައި ޞަދަޤާތް ކުރެއްވެވުނަސް މިތަނުގައި އޮންނަވަން ޖެއްސެވިކަމަށްޓަކައި ﷲ ތަޢާލާއަށް އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޝުކުރު އަދާނުކުރެއްވެވޭނެއެވެ."
އަދިވެސް ވިދާޅުވެއެވެ. "ކަލޭމެން ކަންބޮޑުނުވާށެވެ. ޖަލުގައި ބަންދުކުރެވިފައިވަނީ އަހުރެންނެއް ނޫނެވެ. ޙަޤީޤީ ޖަލުގައި ބަންދުކުރެވިފައިތިބޭ މީހުންނަކީ އެމީހުންގެ ބޭނުންތަކުގައި ކަސްތޮޅު އެޅިފައިވާ މީހުންނެވެ. އަދި ޙަޤީޤީ ޙައްޔަރަކުން ހައްޔަރުކުރެވިފައިވާ މީހުންނަކީ ﷲ ތަޢާލާ ހަނދުމަކުރުމުން ދުރުހެލިވެވިފައިތިބޭ މީހުންނެވެ."
އެކުވެރިންނޭވެ! މި 3 ބަސްފުޅަކީވެސް ވަރަށް އަގުހުރި ބަސްފުޅުތަކެކެވެ. އެހެނީ ޖަލެއްގައި އޮންނަން ޖެހުމަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް، ޛިކުރުކޮށް އެމީހަކު ބޭނުންވާވަރަކަށް އަޅުކަންކުރަން ލިބޭ ފުރުޞަތެކެވެ.
ދެން ބަލައިލަންވީ އެމީހާގެ ބޭނުންތައް ނުފުދިގެން އޫޅޭ މީހާއަށެވެ. އެމީހާއަށް އަބަދުވެސް އުޅެންޖެހޭނީ ބޭނުންތައް ފުއްދޭނެ ގޮތެއް ހޯދަންވެގެން އެކަމަށް މަސައްކަތްކުރުމުގައެވެ. އަޅުކަންކުރާނެ ވަޤުތެއް ނުލިބޭނެއެވެ. ހަމައެފަދައިން މީހަކު ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރާނަމަ އެމީހަކު އެވަނީ ވަރަށް ބޮޑަށް ޝައިޠޯނާގެ ކަސްތޮޅުން ކަސްތޮޅު އެޅިފައެވެ.
ވީމާ މިއީ އަގުގެ ގޮތުން ބަލައިފިނަމަ މިއީ އަގު ނުވެސްކުރެވޭނެހައި އަގުހުރި ބަސްފުޅުތަކެވެ.
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން
މިނިވަންކަމުގަ ތިއްބަސް ގިނައީ ޙަޤީޤީ ޖަލުގަ ތިބި މީހުންކަން ޝައިޚުލްއިސްލާމްގެ ބަސްފުޅުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ