ވިނީޝިއުސް ބްރެޒިލް ޓީމަށް ނުނަގަން އަންޗެލޮޓީ ނިންމައިފި ވިނީޝިއުސް ބްރެޒިލް ޓީމަށް ނުނަގަން އަންޗެލޮޓީ ނިންމައިފި

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (އޮގަސްޓް 19) - އަންނަ މަހު ބްރެޒިލުން ކުޅޭ މެޗުތަކަށް ނަގާ ސްކޮޑުގައި ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ ނުހިމަނަން ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ޖޫން މަހު، ޕެރަގުއޭ އަތުން 1-0 އިން ބްރެޒިލް މޮޅުވެ، އަންނަ އަހަރުގެ ފީފާ ވޯލްްޑް ކަޕަށް ކޮލިފައިވި ގޯލު ޖަހައިދިނީ ވިނީޝިއުސް، 25، އެވެ. އެކަމަކު، އެ މެޗުގައި އޭނާ އަށް ދެއްކި ރީނދޫ ކާޑުގެ ސަަބަބުން ކުރިއަށް އޮތް މެޗަށް ވަނީ ސަސްޕެންޑްވެފަ އެވެ.
އަންނަ މަހު، ބްރެޒިލުން ކުޅޭނީ ޗިލީ އާއި ބޮލިވިއާއާ ދެކޮޅަށެވެ. މީގެ ތެރެއިން، ބްރެޒިލްގެ މަޝްހޫރު މަރަކަނާ ސްޓޭޑިއަމްގައި ޗިލީއާ ދެކޮޅަށް ކުޅޭ މެޗަށް ވިނީޝިއުސް ހުންނާނީ ސަސްޕެންޝަނުގަ އެވެ. އެހެންވެ، ބްރެޒިލްގެ ކޯޗު، އަންޗެލޮޓީ ނިންމީ ދެ މެޗުގައި ނުކުޅެވޭތީ، ވިނީޝިއުސް އަށް މި ފަހަރު ސްކޮޑުން ފުރުސަތު ނުދިނުމަށެވެ.
ފީފާ ޕްރޮޓޮކޯލްގައިވާ ގޮތުން، ގައުމީ ޓީމަށް ނަގާ ސްކޮޑުގެ މައުލޫމާތު ދެ ހަފްތާ ކުރިން، ކްލަބްތަކަށް އަންގަން ޖެހެ އެވެ. އެ ގޮތުން، ބްރެޒިލާ ހަވާލުވެ ހުރި، ރެއާލްގެ ކުރީގެ ކޯޗު އަންޗެލޮޓީ ވަނީ، ވިނީޝިއުސް ބްރެޒިލް ސްކޮޑުގައި، ނެތްކަން ރެއާލަށް އަންގައިފަ އެވެ. އަންޗެލޮޓީގެ މި ނިންމުމަށް ރެއާލުން މަރުހަބާ ކިޔާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވިނީޝިއުސް ނުހިމެނި ކަމުގައި ވިޔަސް، ރެއާލްގެ އެޑާ މިލިޓާއޯ އާއި ރޮޑްރީގޯ ވަނީ ބްރެޒިލް ސްކޮޑަށް ނަގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ