ރިސޯޓް ލީގު 2025 ގެ ރ. އަތޮޅު ޒޯނުގައި ވާދަކުރި ކޯރާ ކޯރާ މޯލްޑިވްސް ގަވާއިދާ ހިލާފުވެފައިވާތީވެ، އެ ޓީމަށް ފިޔަވަޅު އަޅައި، ދެން މި ޒޯނުގައި ވާދަކުރި ޖޯލި މޯލްޑިވްސް އާއި އަލިލާ ކޮތައިފަރު މޯލްޑިވްސް އަށް ފައިނަލުގެ ޖާގަ ލިބިއްޖެ އެވެ.
ރ. ޒޯނުގައި، ކޯރާ ކޯރާއިން ކުޅުނު ފުރަތަމަ މެޗުގައި އަލިލާ ކޮތައިފަރު މޯލްޑިވްސްގެ މައްޗަށް ކުރިހޯދީ 7-1 ގެ ނަތީޖާ އަކުންނެވެ. އަދި، ކޯރާ ކޯރާގެ ދެ ވަނަ މެޗުގައި ޖޯލި އަތުން ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ. ޖޯލި އިން ފުރަތަމަ މެޗުގައި ކޮތަައިފަރު އަތުން ކުރިހޯދީ 5-4 ގެ ނަތީޖާ އަކުންނެވެ.
އެކަމަކު، ކޯރާ ކޯރާއިން ދެ މެޗުން މޮޅުވިއިރު، ގަވާއިދާ ހިލާފަށް އެ ދެ މެޗުގައި ވެސް ކުޅުންތެރިއަކު ކުޅުވާފައިވާތީވެ، އެ މައްސަލައިގައި، ރިސޯޓް ލީގުން ވަނީ ފިޔަވަޅު އަޅައިފަ އެވެ.
އަދި، އެ މެޗުތަކުގެ ޕޮއިންޓްތައް، ކޯރާ ކޯރާއާ އިދިކޮޅު ނުކުތް ޓީމުތަކަށް ދޭން ނިންމައި، ފައިނަލުގެ ޖާގަތައް، އެންމެ ފަހުގެ ޗެމްޕިއަން، ޖޯލި އާއި ކޮތައިފަރަށް ދޭން ނިންމީ އެވެ.
މި ނިންމުމާ ދެކޮޅަށް ކޯރާ ކޯރާ އިން އަންނަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ކޯރާ ކޯރާ އަށް ފިޔަވަޅު އަޅައި، ޖޯލި އާއި ކޮތައިފަރު ފައިނަލަށް ކޯރާ ކޯރާ އަށް ފިޔަވަޅު އަޅައި، ޖޯލި އާއި ކޮތައިފަރު ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ