މެންޗެސްޓާ (އޮގަސްޓް 18) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން، މެންޗެސްޓާ ޔުނައިޓެޑް އަތުން އެ ޓީމުގެ ދަނޑުގައި، 1-0 ގެ ނަތީޖާ އަކުން މޮޅުވި ނަމަވެސް، އާސެނަލުން ދެއްކި ކުޅުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
އާސެނަލުން ޔުނައިޓެޑް ބަލިކޮށް މުހިންމު މޮޅަކުން ސީޒަން ފެށި މެޗަށް ފަހު އާޓެޓާ ބުނީ މި މެޗުގެ ކޮންޓްރޯލް ނަގައިގެން އޭނާ ބޭނުންވާ ލެވަލަށް އެ ޓީމަށް ކުޅުން ދެއްކިފައިނުވާ ކަމަށެވެ.
"ޔުނައިޓެޑްގެ ޑިފެންސް ފަހަތަށް އަހަރެމެން އަށް މާ ގިނަ ބޯޅަތަކެއް ނުކުޅެވުން. އާސެނަލްގެ ގޭމުގައި އިދިކޮޅު ޓީމުގެ ޑިފެންސްގެ ތެރެއިން ޖާގަ ހޯދައިގެން ކުޅުން ވަރަށް މުހިންމު. ދެން، އަހަރެމެން އަށް ލިބުނު ހަތެއް ނޫނީ އަށް ފުރުސަތުގެ ބޭނުންވެސް ނުހިފި މިދިޔައީ." އާޓެޓާ ބުންޏެވެ.
އާސެނަލުން މި ސީޒަނަށް ޖުމްލަ އެކު، 70 މިލިއަން ޑޮލަރު ދައްކާ ގޮތަށް ގެނައި، ސްވިޑެންގެ ފޯވާޑް، ވިކްޓަ ޔޯކެރޭޝް އަށް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ފެންވަރު ސާބިތުކޮށް ނުދެވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ޔޯކެރޭޝާ ބެހޭގޮތުން އަމާޒުވި ސުވާލުތަކަށް ދިން ޖަވާބުގައި، އާޓޭޓާ ބުނީ މިއީ ޕްރިމިއާ ލީގުގައި ޔޯކެރޭޝް ކުޅުނު ފުރަތަމަ މެޗު ކަމަށާއި، އޭނާ އަށް ވަގުތު ދޭން ޖެހޭ ކަމަށެވެ. ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަކީ މިދިޔަ ދެ އަހަރު ތެރޭ ޔޯކެރޭޝް އަށް ވާދަވެރި މެޗެއްގައި ގޯލާ ސީދާކޮށް ބޯޅައެއް ފޮނުވާނުލެވުނު ފުރަތަމަ މެޗެވެ.
އާޓެޓާ ބުނީ އާސެނަލުން ލީގު މެޗުތަކުގައި ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ޔުނައިޓެޑާ އެކު ދެއްކި ކުޅުމުން ފާހަގަވެފައިވާ ކަމަށާއި، އެކަންކަން ރަނގަޅުކުރާނެ ކަމަށެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަނުގައި، ދެން އާސެނަލުން ކުޅޭ މެޗުގައި، އަންނަ ހޮނިހިރު ދުވަހުގެ ރޭ ލީޑްސް ޔުނައިޓެޑްއާ ބައްދަލުކުރާނެ އެވެ.
ވާދަވެރި ޓީމެއް އަތުން މޮޅަކުން ފެށިޔަސް އާޓެޓާ ހިތެއް ނުފުރުނު ވާދަވެރި ޓީމެއް އަތުން މޮޅަކުން ފެށިޔަސް އާޓެޓާ ހިތެއް ނުފުރުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ