މޯލްޑިވްސް ޖޫނިއާ އޯޕަން: ގައުމީ ލެވަލްގެ ކުޅުންތެރިން ހިމެނޭހެން 344 އެންޓްރީ މޯލްޑިވްސް ޖޫނިއާ އޯޕަން: ގައުމީ ލެވަލްގެ ކުޅުންތެރިން ހިމެނޭހެން 344 އެންޓްރީ

ދާދި ފަހުން ވުޖޫދުވި، ދި ބެޑްމިންޓަން ކްލަބުން އިންތިޒާމްކޮށްގެން އަންނަ މަހުގައި ބާއްވާ މޯލްޑިވްސް ޖޫނިއާ އޯޕަން މުބާރާތުގައި ގައުމީ ލެވަލްގެ ކުޅުންތެރިން ހިމެނޭހެން 344 އެންޓްރީ ލިބިއްޖެ އެވެ.
ކުރީގެ ސްޕޯޓްސް މިނިސްޓަރު، އަހުމަދު މަހުލޫފް، އިސްކޮށް ހަރަކާތްތެރިވާ، ދި ބެޑްމިންޓަން ކްލަބުން ފަށާ "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" މުބާރާތުގައި، ރިވައިވަލް ސްޕޯޓްސް، ރިވައިވަލް ސްޕޯޓްސް އޭދަފުށި، ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރު، އައްޑޫ ބެޑްމިންޓަން ކްލަބް، އެމް ސްޕޯޓްސް އެކަޑަމީ، ބެޑްމިނޭޓާސް އެކަޑަމީ އަދި ލޯލޯ ސްޕޯޓްސް އެކަޑަމީ ވަނީ ބައިވެރިވެފަ އެވެ.
އެ ގޮތުން، ދި ބެޑްމިންޓަން ކްލަބުން، ރާއްޖޭގެ ބެޑްމިންޓަންގެ ބެލެނިވެރި ފަރާތް، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އާ ގުޅިގެން ބާއްވާ "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" ކުރިއަށްދާނީ، އަންނަ މަހު 1-6 އަށް ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގަ އެވެ.
މި މުބާރާތުގައި، 30 އިވެންޓް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، 344 އެންޓްރީ ލިބިފައިވުމަކީ، އަލަށް ފަށާ މުބާރާތަކާ ބަލައި، މުބާރާތުގެ ހައިބަތު ބޮޑު ސަބަބެކެވެ. އަދި، ބައިނަލްއަގުވާމީ ލެވަލްގައި ވާދަކުރާ އޭޝިއާ އާއި ޔޫރަޕްގެ ކުޅުންތެރިން ވެސް މި މުބާރާތުގައި ވާދަކުރާނެ އެވެ.
މުބާރާތުގައި ބައިވެރިވުމުގެ ކަންކަން ހުޅުވާލައި، ވާދަކުރަން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ވެސް ވަނީ ނިންމައިފަ އެވެ. އެ ގޮތުން، ވާދަވެރިކޮށް ފެންނަ، އޯޕަން ކެޓަަގަރީގެ އާއި ޕެރަ/ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ އޮންނާނީ މުބާރާތުގެ ފުރަތަމަ ދުވަސްތަކުގަ އެވެ. އަދި، އުމުރުފުރާތަކަށް ބަލާއިރު، 9، 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ މެޗުތައް އޮންނާނީ އޭގެ ފަހުންނެވެ.
"ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" ވެގެންދާނީ، ބައިނަލްއަގުވާމީ ގިނަ ކުޅުންތެރިން ހިމެނޭހެން، ރާއްޖޭގެ ކަންކޮޅުތަކުގެ ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ގިނަ ދުވަސްތަކެއްގައި ކުޅެލަން ލިބޭނެ މުބާރާތަކަށެވެ. މުބާރާތް ފުރިހަމަ ކުރުމަށްޓަކައި، ދި ބެޑްމިންޓަން ކްލަބުން އަންނަނީ ގިނަަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ