މިއީ ޤައުމުގެ ދިފާޢުގައި ތައްޔާރަށް އޮތް ލަޝްކަރެއް އޮތްކަން ދުނިޔެއަށް ދައްކަންވީ ވަގުތު: ޣައްސާން އައްޑޫ މީދޫ ދާއިރާ އިޔާޒު ކާމިޔާބު ކުރާނެ: ހިޔާލު ހޯދުމުގެ ވޯޓު އުސްތާޒު އިޔާޒު ނަސީމަކީ ކާކު؟ އެމްޑީޕީ ޕްރައިމަރީގައި މީދޫ ގޮނޑިއަށް ވާދަކުރެއްވުމަށް ޞޮބާ

އައްޑޫ ރައްޔިތުންނަށް ނިސްބަތް ކުރައްވައި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ހުތުރުކޮށް ދެއްކެވި ވާހަކައަށް ،މިނިސްޓަރު އައްޑޫގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން (އައްދު) ވިދާޅުވެއްޖެއެވެ.
އައްދު މިހެން ވިދާޅުވެފައިވަނީ އައްޑޫ ރައްޔިތުންނަށް ނިސްބަތް ކުރައްވައި، ޑިފެންސް މިނިސްޓަރު މައުމޫން ހުތުރުކޮށް ވާހަކަ ދެއްކެވި ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވެވި ސިޓީގައެވެ.
ސިޓީގައި އައްދު ވަނީ 35،000ގެ އާބާދީއެއް އޮންނަ އައްޑޫގެ ރައްޔިތުންނަށް ނިސްބަތްކޮށް މިފަދައިން އެއްވެސް ވަޒީރަކަށް މުޚާޠަބު ނުކުރެއްވޭނެކަމަށް ވިދާޅުވެފައެވެ. އަދި ޣައްސާން ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އޭނާއަށް ދެންނެވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.
އައްދު އެކްސްގައި އެ ސިޓީ އާއެކު ވިދާޅުވީ ރިޔާސީ ބަޔާނަށްފަހު މަޖިލިސް ތެރެއިން ޣައްސާނާ ބައްދަލުވެ ދެކެވުނު ވާހަކައިގައި އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ޣައްސާނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާ އޮތް ވާހަކަ ދެންނެވި ކަމަށެވެ.
“ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ. އައްޑޫ އަކީ މަށާ ބެހޭވެސް ތަނެއް ނޫން” ޣައްސާން ޖަވާބުގައި ވިދާޅުވިކަމަށް އައްދު ލިޔުއްވާފައި ވެއެވެ.
ޣައްސާނަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވަރަށް ގިނައިން ބައްދަލުވެ ވާހަކަ ދެކެވިފައި ހުރި ބޭފުޅެއް ކަމަށާއި އައްޑޫ ރައްޔިތުން ޕީއެންސީ އަށް ވޯޓުދީފިނަމަ އައްޑޫ ރައްޔިތުން އެހެން ބަޔަކަށް ދުވަހަކު ވެސް ވޯޓު ނުދޭވަރު ކޮށްދޭނެ ކަމަށް ޣައްސާން މީގެކުރިން ދެއްކި ވާހަކަތައް އޭނާއަށް ހަނދާާންކޮށް ދެއްވި ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
“އަޅުގަނޑު ގާތުގައި އައްޑޫ ރައްޔިތުން އެ ބޭފުޅުންނަށް [ސަރުކާރަށް] ވޯޓު ދެއްވައިފިނަމަ، އައްޑޫ ރައްޔިތުން އެހެން ބަޔަކަށް ދުވަހަކުވެސް ވޯޓު ނުދޭވަރު ކޮށްދޭނަމޭ ވިދާޅުވި” އައްދު ފާހަގަކުރެއްވިއެވެ.
އައްދު މިހެން ވިދާޅުވުމުން ބަދަލުގައި ޣައްސާން ‘ތިމަންނާ އައްޑުއަށް ދިޔައީ ކަލޭމެން އެދިގެން’ކަމަށް ވިދާޅުވެފައި ވާކަމަށް އެ ސިޓީގައި ލިޔުއްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ