އުރީދޫގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.43ރ. ބަހަން ހުށަހަޅައިފި

އުރީދޫއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އިން ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް 3.43ރ. ބަހަން ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އުރީދޫން އަންނަ މާޗުގައި ބާއްވާ އަހަރީ އާންމު ޖަލްސާ (އޭޖީއެމް)އަށް މިގޮތަށް ހުށަހަޅަން ނިންމީ އުރީދޫގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި ވަނީ ހިއްސާގެ ފައިދާ، މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި އަހަރީ ރިޕޯޓު ފާސްކޮށްފަ އެވެ.
ތަފްސީލް - ހިއްސާގެ ފައިދާ ބެހުމާ ގުޅޭ ގޮތުން އުރީދޫން ބުނީ:
އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި މި މަހު 18ގެ މެންދުރު ފަހު 2އާ ހަމައަށް ތިބި ފަރާތްތަކަށް މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނެ
މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ، އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި އަހަރީ ރިޕޯޓު ފާސްކުރުމަށް އޭޖީއެމްގައި ހިއްސާދާރުންނަށް ހުށަހަޅާނ؛ ހުށަހަޅާ ޑިވިޑެންޑް ހިއްސާދާރުން ފާސްކޮށްފި ނަމަ، އަންނަ މާޗު މަހު ޑިވިޑެންޑް ބެހުމުގެ މަސައްކަތް ފަށާނެ
އުރީދޫން ބުނީ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު މި މަހު 21ގެ ކުރިން އާންމުކޮށް ޝާއިއުކުރާނެ ކަމަށެވެ.
އަންނަ މާޗު މަހު ބާއްވާ ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މި މަހު 22ގައި އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރާނެ އެވެ. މި ނޯޓިސް މެދުވެރިކޮށް ޖަލްސާ ބާއްވާނެ ތާރީހާއި ގަޑި އާއި ތަނާއި އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތު ވެސް އާންމު ކުރާނެ އެވެ.
އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް މި އާންމު ޖަލަސާގައި ބައިވެރިވެގެން ވެސް، ފާސްކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ވޯޓު ދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ