ކޮޕާ ޑެލަރޭ ކުއާޓާ ފައިނަލުގެ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ވެލެންސިއާ ބަލިކޮށް ބާސެލޯނާ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ޖާގަހޯދީ މުބާރާތުގެ ރައުންޑް އޮފް 16 ގައި 5-1 ގެ ނަތީޖާއަކުން ރެއާލް ބެޓިސް ބަލިކުރުމަށްފަހު އެވެ.އަދި ވެލެންސިއާ ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި 2-0 ގެ ނަތީޖާއަކުން އަރެންސޭ އެފްސީ ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސެނޯލާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު އެއްލަނޑު ކާމިޔާބުކުރިއިރު، މިމެޗުގައި އެޓީމުގެ ފެރާން ޓޮރޭސް ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.
Advertisement
މީގެ އިތުރުން މިމެޗުގައި އެޓީމުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އަދި ފާމިން ލޮޕޭޒް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެރާން ޓޮރޭސް އެވެ.
މުބާރާތުގެ ސެމީފައިނަލުގެ ގުރުލުން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބާސެލޯނާގެ އިތުރުން މިސީޒަނުގެ ކޮޕާ ޑެލްރޭ ސެމީފައިނަލުން ޖާގަ ހޯދާފައިވަނީ، ރެއާލް މެޑްރިޑް، އެތްލެޓިކޯ މެޑްރިޑް އަދި އެތްލެޓިކް ބިލްބާއޯ އެވެ. އަދި މިއީ 2013 ވަނަ އަހަރުގެ ފަހުން މިހަތަރު ޓީމު އެކީގައި މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދި ފުރަތަމަ ފަހަރެވެ.
ކޮޕާ ޑެލަރޭ: ޓޮރޭސްގެ ހެޓްރިކާއެކު ވެލެންސިއާ ބަލިކޮށް ބާސެލޯނާ ސެމީފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ