ފަހު ރޯދައިގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެއްޖެ

ރޯދަމަހުގެ ފަހު ދުވަހަށްވީ ނިމުނު ހޮނިހިރު ދުވަހު މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާ ކަމަށް މާލޭ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯއިން މިއަދު ބުނެފިއެވެ. އެ ކުންފުނިން ވަނީ މާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު ހާމަކުރަން ފަށާފައެވެ. އެ ކުންފުނިން އާންމު ކުރި ހިސާބުތަކުން ފެންނަ ގޮތުގައި ރޯދަމަހުގެ ފަހު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތުގައި 103،801 ކިލޯވޯޓުގެ ކަރަންޓު ވަނީ ބޭނުންކޮށްފައެވެ. އެއީ، އޭގެ ކުރީ ހުކުރު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތަށްވުރެ އިތުރު އަދަދެކެވެ. އެ ދުވަހު އެންމެ ގިނައިން ބޭނުންކުރި ވަގުތު ބޭނުންކުރީ 98،778 ކިލޯވޯޓުގެ ކަރަންޓެވެ. https://x.com/STELCOMALDIVES/status/1906401394287935660 ހިސާބުތަކުން ފެންނަ ގޮތުގައި ރޯދަމަހުގެ ފަހު ދުވަހު: 14:00 ގައި - 101،818 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި 15:00 ގައި - 103،653 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި 16:00 ގައި - 103،801 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި. މިއީ އެންމެ ގިނައިން ބޭނުންކުރި ވަގުތު 18:00 ގައި - 101،999 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި 21:00 ގައި - 101،008 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި 22:00 ގައި - 102،617 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި 23:00 ގައި - 102،385 ކިލޯވޯޓުގެ ކަރަންޓު ބޭނުންކުރި އެ ހުރިހާ ވަގުތުތަކުގައި ވެސް އޭގެ ކުރީ ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތަށް ވުރެ ވެސް ގިނައިން ކަރަންޓު ވަނީ ބޭނުންކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހުކުރު ދުވަހު ކަރަންޓު ބޭނުންކުރި ގޮތްވީ ދަށެވެ. އަދި، ސްޓެލްކޯއިން މީގެ ކުރިން އާންމުކުރި ހިސާބުތަކުން އެނގެނީ މިދިޔަ ރޯދަމަހަށްވުރެ މި ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ވެސް ދަށްވިއެވެ. ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓު ބިލުން ވެސް ރޯދަމަހު 10 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ