ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝާހިދުގެ ނަން، ރައީސް އޮފީހަށް ފޮނުވުމަށް ޖޭއެސްސީން ފާސްކޮށްފި

މި ވަގުތު ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް، އޭނާގެ ނަން ރައީސް އޮފީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
މި މަހު ހަތަރުވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމު ހުސްވެފައިވައިރު މި މަގާމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި 3 ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ.
ފަނޑިޔަރުކަމަށް ކުރިމަތިލި 3 ބޭފުޅުންނާއި ރޭ، ޖޭއެސްސީއިން އިންޓަވިއުކޮށްފައިވާއިރުު އިންޓަވިއުތަކަށް ފަހު، ރައީސް އޮފީހަށް ފޮނުވާނެ ނަމެއް ނިންމުމަށް ޓަކައި ކޮމިޝަންގެ ބައްދަލުވުމެއް ވަނީ ބާވާފައެވެ. ޝަހީދުގެ ނަން ރައީސް އޮފީހަށް ފޮނުވަން ރޭ ފާސްކޮށްފައިވާއިރު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރައްވާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ