ކާނިވާ ސްޓޭޖު ތަޅާލައި އާ ސްޓޭޖެއް އަޅަން 4.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި ކާނިވާ ސްޓޭޖު ތަޅާލައި އާ ސްޓޭޖެއް އަޅަން 4.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

ކާނިވާ ސަރަހައްދުގައި ހުރި ސްޓޭޖު ތަޅާލައި އެތަނުގައި އާ ސްޓޭޖެއް އަޅަން 4.8 މިލިއަން ރުފިޔާއަށް ޔޫއެޗް އިންވެސްޓްމަންޓާ ހަވާލުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ކާނިވާ ސަރަހައްދުގައި ހުންނަ އެ ސްޓޭޖު ނިންމަން ހަވާލުކުރީ 140 ދުވަހުގެ ތެރޭގަ އެވެ.
ކާނިވާ ސްޓޭޖަކީ މީގެ ކުރިން އެކި ޝޯތަކާއި ސިޔާސީ ޕާޓީތަކުން އެކި ހަރަކާތްތައް ބޭއްވި ތަނެކެވެ. އެކަމަކު އެ ސްޓޭޖް މިހާރު ވަނީ ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފަ އެވެ.
ކާނިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެތަނުގައި އެކި ހަރަކާތް ބޭއްވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކުރިން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ