ކްރިކެޓްގެ ދުނިޔޭގައި މަގުބޫލުކަން ހޯދާފައި ވާ އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) 2025 އަށް ދިޔުމުގެ ކުރިން އިންޑިއާގެ ކްރިކެޓް ކެޕްޓަން ރޯހިތު ޝަރުމާ އާއިލާ އާއެކު ހޮލިޑޭއަށް ރާއްޖެއަށް އަތުވެއްޖެއެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މަންޒަރު ފެންނަ ފޮޓޯ އިންސްޓަގްރާމްގައި އޭނާ އާންމު ކޮށްފައި ވާ އިރު، އިންޑިއާގެ ނޫސްތަކުން ބުނެފައި ވަނީ، ޑުބާއީގައި އޮތް ޗެމްޕިއަންސް ޓްރޮފީގެ ކާމިޔާބީ އަށް ފަހު ޗެންނާއީގައި ފެށެން ތައްޔާރުވާ އައިޕީއެޕް އަށް ދިޔުމުގެ ކުރިން ރާއްޖޭގެ ރީތި ގޮނޑުދޮށްތަކުގައި ކެޕްޓަން ޗުއްޓީއެއް ހޭދަކޮށްލަނީ ކަމަށެވެ.
އިންސްތަގްރާމަށް ދޫކޮށްލާފައި ވާ ފޮޓޯތަކުގައި ރޯހިތުގެ އަންހެނުން ރިތިކާ ސާޖްދޭ އަދި ދަރިފުޅު ސަމައިރާ ހިމެނެއެވެ.
ފޮޓޯތައް އާންމު ކޮށް ކެޕްޝަންގައި އޭނާ ލިޔެފައި ވެއެވެ. "މިއީ ފުރިހަމަ، އުފާވެރި އަދި ހިތްގައިމު ތަނެއް"
ގިނަ ޓީމުތަކުން މިހާރުވެސް ކޭމްޕް ޖަހަމުން ދާ އިރު، ރޯހިތު ކުޅޭ މުމްބާއީ އިންޑިއަންސް ޓީމް ޗެންނާއީގައި ކޭމްޕް ކުރާނީ މިމަހުގެ 23 ގައެވެ.
އައިޕީއެލް އަށް ދިޔުމުގެ ކުރިން އިންޑިއާ ކްރިކެޓް ކެޕްޓަން ހޮލިޑޭއަށް ރާއްޖެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ