ފިޠުރު ޢީދާ ގުޅިގެން އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ ޢާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މާރިޗު 31 ވާ ހޯމަ ދުވަސް ޢީދު ދުވަސް ކަމުގައި ކަނޑައަޅައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސް (މާރިޗު 31، އެޕްރީލް 1، އަދި 2) އާއެކު، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިގެންދާނެއެވެ.
އަދި މާރިޗު 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ފެނި، މާރިޗު 30 އަކީ ޢީދު ދުވަސް ކަމުގައި ކަނޑައެޅިއްޖެނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސް (މާރިޗު 30، 31 އަދި އެޕްރީލް 1) އަށްފަހު، އެޕްރީލް 2 ވާ ބުދަ ދުވަހާއި، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެހިގެންދާނެއެވެ.
"މިގޮތަށް މި ހަމަޖެއްސެވީ، ފިޠުރު ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން" ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
މި އިންތިޒާމުގެ ދަށުން، ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނީ އެޕްރީލް 6 ވާ އާދީއްތަ ދުވަހުއެވެ.
ފިޠުރު ޢީދާ ގުޅިގެން އެޕްރީލް 3 ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ