ލަންޑަން (މާޗް 15) - ފްރާންސްގެ މާސޭ އަށް ކުޅެމުން އަންނަ ފޯވާޑް، މޭސަން ގްރީންވުޑް، ޖެމެއިކާ ގައުމީ ޓީމަށް ކުޅެން ނިންމި ނިންމުން ދަމަހައްޓާނެ ކަމަށް ޖެމެއިކާއާ ހަވާލުވެ ހުރި ކޯޗު ސްޓީވް މެކްލަރެން ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ގްރީންވުޑް ލައްވައި ޖެމެެއިކާ އަށް ކުޅުވަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން މީގެ ކުރިން ވެސް މަސައްކަތްކުރި އެވެ. އެކަމަކު، އެކަން އެ ފަހަރު ހާސިލެއްނުވި އެވެ. މި ފަހަރު ގްރީންވުޑްއާ ޖެމެއިކާ އަށް ކުޅެން މަޝްވަރާ ކުރަމުން އަންނަނީ އެ ޓީމަށް ދާދި ފަހުން ހަމަޖެއްސި ކޯޗު ސްޓީވް މެކްލަރެން އެވެ. އޭނާ އަކީ ކުރިން، ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗެވެ.
ގްރީންވުޑް ވަނީ، އިންގްލެންޑަށް ރަސްމީ އެއް މެޗު ކުޅެފަ އެވެ. އެއީ، 2020 ވަނަ އަހަރު، ނޭޝަންސް ލީގުގައި އައިސްލެންޑާ ދެކޮޅަށެެވެ. ފީފާ އިން 2020 ވަނަ އަހަރު ގައުމީ ޓީމުގެ ކުޅުންތެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުވުމުގެ އުސޫލަށް ވަނި ލުޔެއް ދީފަ އެވެ. އެ ގޮތުން 21 އަހަރުން މަތީގެ ކުޅުންތެރިއަކު އެއް ގައުމަށް ތިން މެޗަށް ވުރެ އިތުރަށް ނުކުޅެ ހުއްޓައި، އޭނާއާ އާއިލީ ގޮތުން ގުޅުން އޮތް އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅެން ބަދަލުވެވޭނެ އެވެ. އެކަމަކު، އެކަން ފުރިހަމަކުރަން، ކުރިން ކުޅުނު ގައުމީ ޓީމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ލިޔުމެއް ބޭނުންވާނެ އެވެ.
ޖެމެއިކާ އިން އަންނަނީ، އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން ލިބެންޖެހޭ ގްރީންވުޑްގެ ލިޔުންތަކެއް ހޯދަން މަސައްކަތް ކުރަމުންނެވެ. އެ ލިބުނުހާ އަވަހަކަށް ގްރީންވުޑް، ޖެމެއިކާ އަށް ކުޅެން ހުއްދަ ލިބޭ ކަންކަން ފެށިގެންދާނެ އެވެ.
އިނގިރޭސި އެފްއޭ އިން ވަނީ ގްރީންވުޑް ވެސް ޖެމެއިކާ އަށް ކުޅެން ބޭނުންވާކަން އަންގާފައިވާ ކަމަށް ފާއިތުވި ހަފްތާގައި ބުނެފަ އެވެ.
މެކްލަރެން ބުނީ ގްރީންވުޑް ޖެމެއިކާ ޓީމަށް ކުޅެން ނިންމި ނިންމުން ދަމަހައްްޓައި، އެ ޓީމުގެ ޖޯޒީގައި ކާމިޔާބު ކުޅުންތެރިއަކަށްވާ މަންޒަރު ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ގެވެށި އަނިޔާގެ މައްސަލައެއްގެ ސަބަބުން ޔުނައިޓެޑްގައި ގްރީންވުޑްގެ ކެރިއަރު ކުރިއަށްނުދިޔަ އެވެ. ޖަލުން ސަލާމަތްވުމުން ވެސް ޔުނައިޓެޑުން ގްރީންވުޑަށް ފުރުސަތު ނުދިނެވެ. މިދިޔަ ސީޒަނުގައި ގެޓަފޭ އަށް ގްރީންވުޑް ދޫކޮށްލީ ލޯނަކަށެވެ. އަދި ޔުނައިޓެޑާ އެކު ކެެރިއަރު ކުރިއަށް ނުގެންދެވޭނެތީ، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، ގްރީންވުޑް، 22، ޔުނައިޓެޑް ދޫކޮށް މާސޭ އަށް ސޮއިކުރީ 33 މިލިއަން ޑޮލަރުގެ ޑީލެއްގަ އެެވެ.
މި ސީޒަނުގައި މިހާތަނަށް ގްރީންވުޑް ވަނީ 27 މެޗުން 16 ގޯލު ޖަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ގްރީންވުޑް، އިންގްލެންޑް ދޫކޮށް ޖެމެއިކާ އަށް ކުޅެން ނިންމި ނިންމުން ދަމަހައްޓާނެ ގްރީންވުޑް، އިންގްލެންޑް ދޫކޮށް ޖެމެއިކާ އަށް ކުޅެން ނިންމި ނިންމުން ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ