ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ގުޅުވައި ‘ހަސަން ކުރުސީ’ ކިޔާ މީހަކު ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ނިކް ލޯ ދޮގުކުރައްވައިފިއެވެ.
މިދިޔަ ބުދަ ދުވަހު ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްބޭފުޅުންނަށް ހާއްސަކޮށް ބޭއްވި ރޯދަވިއްލުމުގައި މުންނާރާ ގުޅޭ ނުބައި މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޭރުގެ ޑިޕްލޮމެޓުންނަށް ދެއްވި ކަމަށް ބުނެ ހަސަން ކުރުސީ ވަނީ ރައީސް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ހުކުރު މިސްކިތުގެ މުންނާރަށް 1000 އަހަރު ވެފައި ވާ ކަމަށް ރައީސް، ބޭރުގެ ފަރާތްތަކަށް ދެންނެވި ކަމަށް ބުނެ ހަސަން ކުރުސީ ކުރި ޕޯސްޓާއި ގުޅިގެން ކުރުސީ ހިއްސާ ކުރި ފޮޓޯގައި ހުންނެވި އިނގިރޭސި ސަފީރު، ނިކް ލޯ އެ ވާހަކަތައް ދޮގު ކުރައްވާ ވިދާޅުވީ ފޮޓޯ ގަނޑުން ފެނިގެން ދަނީ އޭނާ ކަމަށެވެ. މަވެސް އެ ރޯދަވީއްލުމުގައި ރައީސް އެފަދަ އެއްވެސް ވާހަކައެއް އޭނާގެ އަރިހުގައި ވެސް އަދި އޭނާއަށް އިވިވަޑައިގަންނަވާ ގޮތަށް އެހެން މީހެއްގެ ގާތުގައި ވެސް ވިދާޅުވި އަޑު އައްސަވާފައިނުވާނެ ކަމަށް ނިކް ލޯ ވިދާޅުވިއެވެ.
އެހެން ކަމުން ކުރުސީ ދައްކާ ވާހަކައާ މެދު ކިޔުންތެރިން އަމިއްލައަށް ގޮތް ނިންމުމަށްވެސް ސަފީރު ވަނީ އެދިވަޑައިގެންފައެވެ.
ބޮޑުބެރު މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އީދާ ދިމާކޮށް ސީޕްލޭން ދަތުރުތައް ބ.ފުޅަދުއަށް! ސިޔާސީ ބޭނުމަށް ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަންނަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭން ޖެހޭ- އަބްދުއްރަހީމް އިސްލާމީ ދާއިރާތަކުގެ މަޝްރޫޢުތަކުގެ އަމަލީ މަސައ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ