ސަންޓޯސް، ބްރެޒިލް (މާޗް 15) - ސަތާރަ މަހަށް ފަހު ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމަށް މެޗެއް ކުޅެން ތައްޔާރުވަމުން އައި ނޭމާ އަށް އަނިޔާވެ، އޭނާ ބްރެޒިލްގެ ސްކޮޑުން ވަނީ ބާކީ ކުރަން ޖެހިއްޖެ އެވެ.
ނޭމާ، 33، ގެ ބަދަލުގައި ސްކޮޑަށް ނެގީ، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އެންޑްރިކް އެވެ.
ބްރެޒިލްގެ ސަންޓޯސް އަށް މިހާރު ކުޅެމުން އަންނަ، ނޭމާ، އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގައުމީ ޓީމަށް އެނބުރި އައުމުގެ އުންމީދުގައި، އޭނާ އައީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށެވެ. އެކަމަކު، ދިމާވި އަނިޔާއާ ހެދި، ބްރެޒިލްގެ މެޑިކަލް ޓީމާ މަޝްވަރާކޮށް، އެންމެ ރަނގަޅު ގޮތަކީ، އަނިޔާއިން އެއްކޮށް ރިކަވާވެގެން ގައުމީ ޓީމަށް އައުން ކަމަށް ފެންނާތީ، ޓީމަށް ކުޅުމުގެ އިންތިޒާރު ދިގުލައިގޮސްފައިވާ ކަމަށް ނޭމާ ވަނީ ބުނެފަ އެވެ.
ނޭމާ އެންމެ ފަހުން ބްރެޒިލަށް މެޗެއް ކުޅެދިނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. އެ ފަހަރު، ބްރެޒިލުން އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާގެ ކަކުލަށް ލިބުނު އަނިޔާއަކާ ހެދި އަހަރަކަށް ފަހު، ނޭމާ ކުޅުމަށް އެނބުރި އައީ، މިދިޔަ އަހަރުގެ އޮކްޓޫބަރު ތެރޭގަ އެވެ.
ސައުދީ އަަރަބިއްޔާގެ ގަދަ ބާރު އަލް ހިލާލްގެ އަގުބޮޑު ކޮންޓްރެކްޓް އުވާލައި، ސަންޓޯސް އަށް ބަދަލުވެ، އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަ ނޭމާ، 33، ވަނީ މިހާތަނަށް އެ ކްލަބަށް ކުޅެދިން ހަތް މެޗުން ތިން ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ނޭމާ އަށް އަނިޔާވެ ބްރެޒިލް ސްކޮޑުން ބާކީކޮށްފި ނޭމާ އަށް އަނިޔާވެ ބްރެޒިލް ސްކޮޑުން ބާކީކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ