މުއިއްޒުގެ އަނބިމީހާ ވީމާ ސާޖިދާއަށް ގާނޫނާ ހިލާފަށް ސިވިލްސާވިސްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެވެއެވެ. ސިވިލް ސާވިސްގެ ގާނޫނުގައި ސިވިލް ސާވިސް މުއައްޒަފަކަށް ނޯޕޭ ލީވް ދެވޭ އުސޫލުތަކެއް އޮވެއެވެ. 4 އަހަރުގެ ނޯޕޭ ލީވެއްގައި ސާޖިދާ އެހުރީ ގާނޫނާ ހިލާފަށެވެ. ސާޖިދާއަށް ގާނޫނާ ހިލާފަށް ލީވް ދީފައި ކޮންޓްރެކްޓް އުސޫލުން އެލަވަންސް ދީގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތް ކުރުވަނީ ގާނޫނާއި ހިލާފަށެވެ.
ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ ގޮތަށް ސިވިލް ސާވިސް މުއައްޒަފަކަށް ނޯޕޭ ލީވް ދެވޭނީ އެ މުއައްޒަފަކު މަސައްކަތްކުރާ ދާއރާއަކުން ހިންގާ ހާއްސަ ޕްރޮޖެކްޓަކަށް އެ މުއައްޒަފެއްގެ ބޭނުންތެރިކަން ބޮޑުވެގެން ކޮންމެހެން އެމުއައްޒަފަކު އެކަމަކަށް ހުސްކުރަން ޖެހޭ ހާލަތްތަކުގައެވެ. އެފަދަ ހާލަތެއްގައި ނޯޕޭ ލީވްއެއް މުއަށްޒިފަށް ދިނުމަށްފަހު ކޮންޓްރެކްޓް އުސޫލުން އެލައުންސް ދީގެން އެ ޕްރޮޖެކެޓެއް ނިމެންދެން ނޯޕޭލީވްގައި ބަހައްޓައިގެން ޕްރޮޖެކްޓްގެ މަސައްކަތަށް ނެރެގެން ގެންގުޅެވިދާނެއެވެ. އެހެން އަމަލުކުރަނީ ރަސްމީ މަސައްކަތުގައި އުޅެމުން ހާއްސަ ޕްރޮޖެކްޓުގައި މަސައްކަތްކުރަން ދަތިވާނެތީއެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއަރ ސައިންޓީފިކް އޮފިސަރ ސާޖިދާ މުހައްމަދު މަސައްކަތްކުރާ ހަތަރު އަހަރުގެ އެއްވެސް ޕްރޮޖެކްޓެއް ހެލްތް މިނިސްޓްރީގެ އެއްވެސް ދާއިރާއެއްގައި ނުހިންގައެވެ. 4 އަހަރުގެ ނޯޕޭ ލީވް ނަގައިގެންހުރެ، އެލަވަންސް ނަގައިގެން ސާޖިދާ ކުރަނީ ސިވިލް ސާވިސްގައި އޭނައަށް އޮންނަ ވަޒީފާގައި ކުރަންޖެހޭ މަސައްކަތްތަކެވެ.
ރައީސްގެ އަނބިމީހާގެ ޒިންމާތަކަކީ ހެލްތު ދާއިރާއިން ހިންގާ ޕްރޮޖެކްޓެއްގެ ބައެއްނޫނެވެ. ސިވިލް ސާވިސްގެ މުއައްޒަފަކަށް ފަސްޓް ލޭޑިއަށް ނުވެވޭނެ ކަމަށް ގާނޫނުގައި ނެތުމަކީ ފަސްޓް ލޭޑީއަށްވުމުން ސިވިލް ސާވިސްގެ މުއައްޒިފެއްގެ ގާނޫނީ ޒިންމާތަކުން ބަރީއަވުމަށް އޮތް ހުއްޖަތެއް ނޫނެވެ. ފަސްޓް ލޭޑީއަށްވީތީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅައެއްބަަޔާ އެއްވަރުގެ އެލަވަންސެއް ދިވެހި ދައުލަތުން ސާޖިދާއަށް ލިބެއެވެ.
މެޑިކަލް މާފިޔާގެ ކޮންޓްރޯލް ސާޖިދާ އަތުން ބީވެގެން ދިޔަ ނުދިނުމަށްޓަކާ ކުރެވެން އޮތްކަމެއް ކުރާނެއެވެ. ރައީސް މުއިއްޒާއި ސާޖިދާ ކަނޑައެޅިގެން ގާނޫނާ ހިލާފްވިޔަސް ރާއްޖެ އެތެރެކުރާ ބޭހާއި ވެކްސިނާއި ސިއްހީ އާލާތް އެތެރެކޮށް ބޭނުންކުރަން ހުއްދަދިނުމާ ދުރަކަށް ސާޖިދާ ނުދާނެއެވެ.
ސާޖިދާއަށް ވީތީ ސިވިލް ސާވިސްގެ މުއައްޒަފަކަށްހުރެ ސިވިލް ސާވިސްގެ ގާނޫނު ތަކާއި އުސޫލުތައް އޭނާގެ މައްޗަށް ނުހިގާގޮތަށް ހަދައިގެން އުޅޭއުޅުމަކީ ކަނޑައެޅިގެން ގާނޫނާއި ހިލާފްވުމެވެ. ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންނާއި ހެލްތު މިނިސްޓަރގެ މައްޗަށް ޝަރީއަތް ހިންގަން ޖެހެއެވެ.
ރާއްޖޭގައި ހިންގާ މެޑިކަލް މާފިޔާގެ އެންމެ މުގުލުގައި ތިބީ މުއިއްޒުގެ ދެމަފިރިންނެވެ. ސާޖިދާގެ ނޯޕޭ ލީވްއާއި ލީވްގައި ހުރެ ކޮންޓްރެކްޓް އުސޫލުން ސިވިލް ސާވިސް މަސައްކަތްކޮށް އެލަވަންސް ނަގާނެގުމަކީ ގާނޫނާ ހިލާފަށް ހިންގަމުންދާ ބޮޑު ކޮރަޕްޝަނެކެވެ. ދައުލަތަށް ވަމުންދާ ހިޔާނާތެކެވެ. ސާޖިދާގެ މައްސަލަ ބެލޭނެ މުއައްސަސާއެއް ކޯޓެއްނެތެވެ.
ސާޖިދާގެ މައްސަލަ ބެލޭނީ މަގުމަތީ ކޯޓުން؟؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ