އިބޫގެ ވައުދެއް: މާލޭގައި 20 އަހަރުވީ މީހުންނަށް ގޯއްޗާއި ފްލެޓް ދޭނަން
މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް މާލޭން ގޯއްޗާއި ފްލެޓް ދޭން ނިންމައި އެކަމާ ގުޅޭ ހައުސިން ސްކީމެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.ގަލޮޅު ކަންމަތީގައި އެމްޑީޕީން މިހާރު ބާއްވަމުން ގެންދާ ކެމްޕޭން އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދަފުތަރުގައި ޖެހިފައި ތިބޭތާ 20 އަހަރުވެފައިވާ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް ގޯއްޗާއި ފުލެޓު ދިނުމަށް އިތުރު ހައުސިން މަޝްރޫއެއް އިއުލާން ކުރަން ތައްޔާރުވަމުންދާ ކަމަށެވެ. މާލޭގެ ރައްވެހިންގެ އިތުރުން މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ މީހުން ވެސް އެބަ ތިބި ކަމަށާއި އެމީހުންނަކީ އަމިއްލަ ރަށުން ވެސް ގޯތި ލިބުމަށް ހުރަސްތަކެއް ހުރި މީހުންކަން ރައީސް ފާހަގަކުރެއްވި އެވެ. އެފަދަ މީހުންނަށް ހާއްސަކޮށް ހައުސިން ސްކީމެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ."އެބަ އުޅޭ 20 އަހަރު، 35 އަހަރު މާލޭގައި ދިރިއުޅޭތާ ވެފައިވާ މީހުން. އަޅުގަނޑު ވެސް މި މާލޭގައި އުޅޭތާ 50 އަހަރުވީ. އަޅުގަނޑުމެންގެ ސިޔާސަތުތައް އޮތް ގޮތުން މިހާރު މިފަދަ މީހުންނަށް ގޯއްޗެއް ނުލިބޭ. ރަށުގައި ދިރިނޫޅޭތީ ރަށުން ވެސް ގޯއްޗެއް ހޯދަން ހުރަސްތައް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން މި އިއުލާން ކުރަނީ އާ ހައުސިން ސްކީމެއް،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ އާ ހައުސިން ސްކީމުގެ ސިޔާސަތުތައްމިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ވަނީ ކަނޑައަޅާފައި ކަމަށެވެ. ދެން އޮތީ އެ ސްކީމް އިއުލާނު ކުރުން ކަމަށެވެ.މި ސަރުކާރުން ވަނީ ގުޅީފަޅާއި، ގިރާވަރުފަޅު އަދި ހުޅުމާލެ ހިއްކަައިގެން 5،000 ގޯތި ދޫކޮށްފައެވެ. އެ ސްކީމް ހާއްސަކޮށްފައި އޮތީ މާލޭ ރަށްވެހިންނަށެވެ.ގާކޮށްޓާއި އަރަބިއްޔާގެ ފްލެޓުތަކުގެ އަގުތައް ހެޔޮ ކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ވެސް ރައީސް މިރޭ ފާޑުވިދާޅުވި އެވެ."އޭގެ ކުލި ކަނޑައެޅީ ކޮން ބޭފުޅެއްތޯ. ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން އެކަން ކުރެއްވީ މުއިއްޒު. އަޅުގަނޑުމެންގެ ކުރީގެ ސަރުކާރުން ކަނޑައަޅާފައި އޮތް އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް އަގު ކަނޑައެޅީ އެ ބޭފުޅުން," އެމަނިކުފާނު ވިދާޅުވި އެވެ.އޭގެ އިތުރުން, ކަސްޓަމްސްގައި އުޅޭ މީހުންނާއި ޔުނިވާސިޓީ އަދި ކަރެކްޝަންސްގައި އުޅޭ މީހުންނަށް ފްލެޓު ދިނުމުގެ ކަންކަން ވެސް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ