ރައީސުލްޖުމްހޫރިއްޔާ، އއ. ހިމެންދޫ ފުޓުބޯޅަ ދަނޑާއި، ޅ. އޮޅުވެލިފުށީ އިންޖީނުގެ ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު އުތުރުބުރީ، ހިމެންދޫ ފުޓުބޯޅަ ދަނޑާއި، ފާދިއްޕޮޅު އޮޅުވެލިފުށީ އިންޖީނުގެ ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އއ. ހިމެންދޫ ފުޓުބޯޅަ ދަނޑާއި ޅ. އޮޅުވެލިފުށީ އިންޖީނުގެ ހުޅުއްވައިދެއްވީ، އެމަނިކުފާނު މިއަދު އެދެރަށަށްކުރެއްވި ޒިޔާރަތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، އއ. ހިމެންދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިދަނޑުގެ މަސައްކަތްކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ޅ. އޮޅުވެލިފުށީ އިންޖީނުގެއަކީވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އިންޖީނުގެއެކެވެ. އައު އިންޖީނުގެ ބިނާކޮށްފައިވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ކުޅިވަރު ކުޅެވޭނެ މަގުފަހިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ