ނައީމާގެ މަރު: މާލެއިން 21 އަހަރުގެ މީހަކު ހައްޔަރު ކޮށްފި

ނައީމާގެ މަރުގެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ މާލެއިންނެވެ. އޭނާއަކީ މަނަދޫ މީހެއް ކަމަށް ވެއެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހު ނ. މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62، މަރުގެ މައްސަލާގައި ތިންވަނަ މީހަކު ހައްޔަރު ކޮށްފި އެވެ. 
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނި ގޮތުގައި ނައީމާގެ މަރުގެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ މާލެއިންނެވެ. އޭނާއަކީ މަނަދޫ މީހެއް ކަމަށް ވެއެވެ.މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ހުކުރު ދުވަހު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ. އެއީވެސް ވަރަށް ޒުވާން އުމުރުގެ ދެ މީހެކެވެ. ކުށުގެ ރެކޯޑް އޮތް އެ މީހުންނަކީ މަސްތުވާތަކެތި ބޭނުން ކުރާ ބައެއް ކަމަށް އަޑުފެތުރިފައިވެއެވެ.މީގެ އިތުރުން ނައީމާ މަރާލަން ބޭނުންކުރި ތަކެތިވެސް ވަނީ ހޯދާފައެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ނައީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ވަނީ ހޯދާފައެވެ. އަދި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނުވެސް ވަނީ ހޯދާފައެވެ.މިތަކެތި ހޯދީ ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވަނިކޮށެވެ. ސީޕީ ވިދާޅުވި ގޮތުގައި އެތަން ކޮނެ އެތަކެތި ވަނީ ނަގާފައެވެ. ނައީމާ ދިރިއުޅޭ ކޮޓަރީގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ ގިނަ ޒަހަމްތަކާއެކުއެވެ. ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، ޖިންސީ ގުނަވަނަށް ވެސް ހަމަލާ އަމާޒުވެފައިވާކަމަށް އަޑުފެތުރިފައިވެއެވެ. އޭނާ އި މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ