އުރީދޫ ޖޫނިއަރސްއާއެކު ކުޑަކުދިންގެ ދުވަހުގައި އުރީދޫގެ ޚިދުމަތް ދިނުމުގައި ކުޑަކުދިން ހަރަކާތްތެރިވެއްޖެ

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން "އުރީދޫ ޖޫނިއަރސް އޮން ޑިއުޓީ" ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތުގައި ކުޑަކުދިން ވަނީ އުރީދޫގެ ކޯލް ސެންޓަރ އަދި އެކްސްޕީރިއަންސް ސެންޓަރުގައި ކުންފުނީގެ މުވައްޒަފުންނާއެކު މަސައްކަތްކޮށްފައެވެ.މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00ު 10:00 އިން މެންދުރު 12:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބައިވެރިވި ކުދިން ވަނީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވެފައެވެ. މިގޮތުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް ޒިޔާރަތްކުރި ކަސްޓަމަރުންނަށް މަރުޙަބާ ކިޔައި، ސުވާލުތައް ހައްލުކުރުމުގައި އެހީތެރިވެދީ، ފޯނު ކޯލްތަކަށް ޖަވާބުދީ، އަދި ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ މެސެޖްތަކަށްވެސް ޖަވާބުދީފައިވެއެވެ.އުރީދޫ މޯލްޑިވްސްގެ ފަރާތުން މި ހަރަކާތާ ގުޅޭގޮތުން ބުނީ، "މި ހަރަކާތަކީ އަޅުގަނޑުމެންގެ ޒުވާން ބައިވެރިންނަށާއި ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބުމުގެ އިތުރުން، އަންނަން އޮތް ޖީލު ބާރުވެރިކުރުވައި، ޚިދުމަތާއި ގުޅުމުގެ ރޫހު ފާހަގަކުރުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެވޭ ހަރަކާތެކެވެ."އުރީދޫއިން މި ހާއްސަ ހަރަކާތުގައި ބައިވެރިވި ހުރިހާ ކުދިންނާއި ޢާއިލާތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައިވެއެވެ. އަދި ކުންފުނިން މަސައްކަތް ކުރަމުން ދަނީ ކުޑަކުދިންނާއި ޒުވާނުންގެ ވިސްނުން ތަރުބިއްޔަތުކޮށް، ހިތްވަރު ދީ، އާ ކަންކަން ދަސްކުރެވޭ ފަދަ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ކަމަށް ބުނެފައިވެއެވެ.މި ހަރަކާތަކީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫއިން ކުރިއަށް ގެންދިޔަ ޚާއްޞަ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން ކުޑަކުދިންނަށް ވަޒީފާގެ މާޙައުލާ ގާތުން ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ