ފަރީދީ މަގަށް ވަންނަތާ ކޮޅުގައި މިހިރަ ކުލަގަދަ 'ސްޕާ ސިލޯން' ފިހާރައަށް ވަދެލުމުން އެ ދުވާ މީރު ވަހެވެ. ހަށިގަނޑާއި ރޫހަށް އެ އަންނަ އަރާމު ކަމެވެ. ތާޒާކަމެވެ. ލަންކާގެ މަޝްހޫރު މި ބްރޭންޑުގެ ފިހާރައަށް ވަދެލުމުން ވެސް ހަމަ ޔަގީނަށް ތަފާތެއް އިހުސާސްވެ އެވެ. މިއީ ސްރީލަންކާގެ މަތީ ފަންތީގެ ލަގްޒަރީ ވެލްނެސް ބްރޭންޑެކެވެ.
އެތަނުގެ ހަރުތަކުގައި އަތުރާލާފައި އެ ވަނީ އެކި ބާވަތުގެ ކްރީމްތަކެވެ. ސެންޓާއި ލޯޝަނާއި ޝަވާ ޖެލް އެވެ. މިހެން ގޮސް ނަން ހުސްކޮށެވެ.
ލަންކާގެ ގަދީމީ ބޭސްވެރިކަން، އަޔުރްވޭދާގެ އަސާސްތަކަށް ތައްޔާރުކޮށްފައިވާ ސްޕާ ސިލޯންގައި ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކަމުދާ ބާވަތްތައް އެބަ ހުއްޓެވެ. މައިންގެ އަގު ވަޒަންކުރަން މިއަދު ފާހަގަ މި ކުރާ މަންމައިގެން ދުވަހުގައި ސްޕާ ސިލޯންގެ ފިހާރައިން ރަނގަޅު ހަދިޔާއެއް ގަނެލައިގެން މަންމައަށް ގެންގޮސްދޭން ކިހިނެއް ވާނެ ހެއްޔެވެ؟
މިއަދު މަންމައަށް ތަފާތު އަދި ހާއްސަ ހަދިޔާއެއް ދޭން ބޭނުންވާ ފަރާތްތަކަށް ސްޕާ ސިލޯނުން ވަނީ އެންމެ އެކަށޭނަ ހަދިޔާއެއް ތައްޔާރުކޮށްފަ އެވެ. އެއީ "ލޮޓަސް އެންޑް ރަމްބުޓާން" ޕްރޮޑަކްޓް ހިމެނޭ ސެޓެކެވެ.
މި ސެޓްގައި ހިމެނޭ ތަކެތި ތައްޔާރުކޮށްފައި ވަނީ ގުދުރަތީ ގޮތުން ލިބެންހުރި އެންމެ ރަނގަޅު ބާވަތްތައް ބޭނުންކޮށްގެންނެވެ. މި އުފެއްދުމުގައި ހިމެނޭ މައިގަނޑު ބައިތަކަކީ:
ހަމުގެ ރީތިކަން އިތުރުކޮށްދޭ ލޮޓަސް ފަތާއި، ހަމުގެ ދުޅަހެޔޮކަން އާކޮށްދޭ ރަމްބުޓާން، އަދި ވައިޓަމިން ބީ12 އާއި ހަޔަލޫރޮނިކް އެސިޑް ފަދަ މުހިންމު ބާވަތްތައް
މީގެ އިތުރުން އާޔުރުވޭދާގެ ބޭސްވެރިކަމުގައި ބޭނުންކުރާ ހާއްސަ ގަސްގަހާގެހީގެ ބާވަތްތައް ވެސް މި އުފެއްދުމުގައި ހިމެނިފައިވޭ
މި ސެޓަކީ ހަމައެކަނި ހަމުގެ ފަރުވާއަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. މިއީ ދުވަހުގެ މަސައްކަތްތަކާ ވަގުތުކޮޅެއް ނަމަވެސް ދުރުވެ، އަމިއްލަ ނަފްސަށް ވަގުތު ހޭދަކުރުމަށް ލިބޭނޭ ފުރުސަތެކެވެ. މި ކިޓުގައި ހިމެނޭ އުފެއްދުންތައް ބޭނުންކޮށްގެން ހަމުގެ ރަތްކަން ފިލުވާލައި ހަމުގެ ދުޅަހެޔޮކަން އިތުރުކޮށް، ގުދުރަތީ ވިދުވަރު އާކޮށްދޭނެ އެވެ. މިއީ ގޭގައި ތިބެގެން ސްޕާ ފަރުވާއެއްގެ ތަޖުރިބާކޮށްލަން ރަނގަޅު އުފެއްދުމެކެވެ.
ލޮޓަސް އެންޑް ރަމްބުޓާން ކިޓް:
ލޮޓަސް އެންޑް ރަމްބުޓާން - އެކްޓިވް ސެލް އެކްސްޓްރެކްޓް + ވައިޓަމިން ބީ ޕްލަސް ޖެންޓްލް ފޭސް އެކްސްފޯލިއޭޓިން މާސްކް: މިއީ މޫނުގެ ހަމުގައި ހުންނަ މަރުވެފައިވާ ސެލްތައް ނައްތާލައި، ހަންގަނޑު އާކޮށްދޭ މާސްކެއް. އަގު: 495 ރުފިޔާ
ލޮޓަސް އެންޑް ރަމްބުޓާން - އެކްޓިވް ސެލް އެކްސްޓްރެކްޓް + ވައިޓަމިން ބީ12 ފޭޝަލް ކްލީންސިން ފޯމް: މޫނު ސާފުކޮށް، ހަމުގެ ގުދުރަތީ ތެތްކަން ދެމެހެއްޓުމަށް އެހީވެދޭ ފޯމެއް އަގު: 460 ރުފިޔާ
ލޮޓަސް އެންޑް ރަމްބުޓާން - އެކްޓިވް ސެލް އެކްސްޓްރެކްޓް + ވައިޓަމިން ބީ12 ފޭސް ޓްރީޓްމަންޓް މިލްކް ސިރަމް: ހަމުގެ ދުޅަހެޔޮކަން އިތުރުކޮށް، ހަމުގެ ވިދުވަރު އާކޮށްދޭ ސީރަމެއް. އަގު: 435 ރުފިޔާ
ލޮޓަސް އެންޑް ރަމްބުޓާން - އެކްޓިވް ސެލް އެކްސްޓްރެކްޓް + ވައިޓަމިން ބީ12 އަލްޓްރާ-ހައިޑްރޭޓިން ޑޭ އެންޑް ނައިޓް ޓްރީޓްމަންޓް: ދުވާލާއި ރޭގަނޑު ބޭނުންކުރެވޭ، ހަމުގެ ތެތްކަން ދެމެހެއްޓުމަށް އެހީވެދޭ ކްރީމެއް. އަގު: 445 ރުފިޔާ
ލޮޓަސް އެންޑް ރަމްބުޓާން - އެކްޓިވް ސެލް އެކްސްޓްރެކްޓް ވައިޓަމިން ބީ12 ޑޭ ފޭޝަލް ޕްރޮޓެކްޓާ: ދުވާލު ވަގުތު ހަމު ރައްކާތެރިކޮށްދޭ ކްރީމެއް. އަގު: 380 ރުފިޔާ
މި ހުރިހާ އުފެއްދުމެއް އެކުގައި ބޭނުންކުރުމުން މަންމައަށް ލިބިގެންދާނީ ފުރިހަމަ ސްޕާ ފަރުވާއެއްގެ ތަޖުރިބާ އެވެ. މި ކިޓުގައި ހިމެނޭ ކޮންމެ އުފެއްދުމަކީ ވެސް ހަމުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ބައިތަކެއް ހިމެނޭ، އަދި ހަމުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެހީވެދޭ އުފެއްދުންތަކެކެވެ.
މަންމައަށް މިފަދަ ހަދިޔާއެއް ދިނުމަކީ މަންމަގެ ހިދުމަތަށް ޝުކުރުވެރިވުމަށް ކޮށްދެވޭނެ ރަމްޒީ ކަމެކެވެ. އަދި މަންމައިންގެ ދުވަހުގައި މަންމައަށް އަރާމާއި ހިތްހަމަޖެހުން އަދި ހިނިތުން ގެނެސްދޭނެ ކަމެކެވެ.
އެކި މީހުންގެ ހަށިގަނޑާއި ހަމުގެ ބޭނުންތައް ތަފާތުއިރު، ސްޕާ ސިލޯންގެ ތިން ފަންގިފިލާގައި އެކި ބާވަތުގެ ޕްރޮޑަކްޓްތައް ތަޖުރިބާކޮށްލެވެން ހުރެ އެވެ. މީގެ އިތުރުން، ފިހާރައިގެ ގްރައުންޑް ފްލޯގައި މި ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ހިދުމަތްދޭ ސްޕާއެއް ވެސް ހުރެ އެވެ.
ގަސްގަހާގެހީގެ ހިޔަލުން ފުރިފައިވާ މަގަކުން ސްޕާ ސިލޯނަށް ވަދެވޭއިރު، މާލޭގެ ހަލަބޮލި މާހައުލުން އެއްކިބާވެ، މުޅިން އެހެން ދުނިޔެއަކަށް ވަދެވެ އެވެ. މަޑުމައިތިރި މިއުޒިކުގެ އަޑުތަކާއި، ހިތްގައިމު ސެންޓުތަކުން މުޅި ޖައްވަށް ފެތުރިފައިވާއިރު ސްޕާ ސިލޯންގެ ބްރޭންޑް އައިޑެންޓިޓީއާ އެއްގޮތަށް ޚާއްޞަ ގޮތެއްގައި ފަރުމާކުރެވިފައިވާ ޝޯރޫމެކެވެ.
ސްޕާ ސިލޯންއަކީ ގިނަގުނަ ޕްރޮޑަކްޓްތަކެއް ހުށަހަޅާ ވިޔަފާރިއެކެވެ. އެކި މީހުންގެ ހަށިގަނޑާއި ހަމުގެ ބޭނުންތައް ތަފާތުވާތީ، ގިނަ ފަންގިފިލާތަކެއްގައި އެކި ބާވަތުގެ ޕްރޮޑަކްޓްތަކާއި ޓެސްޓަރުތައް ބެހެއްޓިފައި ހުރެ އެވެ. އަދި ފިހާރައިގެ އެންމެ ތިރީ ބައިގައި މި ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ހިދުމަތްދޭ ސްޕާއެއް ހިމެނިފައިވެ އެވެ.
ގަސްގަހާގެހީގެ ހިޔަލުން ފުރިފައިވާ މަގަކުން ސްޕާ ސިލޯނަށް ވަދެވޭއިރު، މާލޭގެ ހަލަބޮލި މާހައުލުން އެއްކިބާވެ، މުޅިން އެހެން ދުނިޔެއަކަށް ވަދެވެ އެވެ. މަޑުމައިތިރި މިއުޒިކުގެ އަޑުތަކާއި، ހިތްގައިމު ސެންޓުތަކުން މުޅި ޖައްވު ފުރިފައިވާ މި ތަނަކީ ސްޕާ ސިލޯންގެ ބްރޭންޑް އައިޑެންޓިޓީއާ އެއްގޮތަށް ހާއްސަ ގޮތެއްގައި ފަރުމާކުރެވިފައިވާ ޝޯރޫމެކެވެ.
މަންމައަށް ދެވޭނެ އެންމެ ރަނގަޅު ހަދިޔާއަކީ އޭނާއަށް އަޅާލުމާއި ލޯތްބާއި އިހުތިރާމެވެ. މަންމައަށް އޮންނަ ލޯތްބާއި އަޅާލުން ދައްކައިދީ އެކަން މަންމައަށް އިހުސާސްކޮށްދޭން މިއަދު ސްޕާ ސިލޯނުގެ "ލޮޓަސް އެންޑް ރަމްބުޓާން" ސެޓެއް މަންމައަށް ހަދިޔާކޮށްލާށެވެ. ނޫނީ މަންމައާ އެކު އެ ފިހާރައަށް ވަދެލާށެވެ. މަންމައާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލައި މަންމައަށް ހިނިތުންވުމެއް ގެނެސްދޭށެވެ.
ސްޕާ ސިލޯނުން މިއަދު މަންމައަށް ހަދިޔާއެއް ގަނެލަަން ހިނގާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ