އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ކެތު ލެބުގެ ހިދުމަތް ނުފެށި ލަސްވާތީ އެ ހިދުމަތް ފަށާނެ ދުވަހެއް ސާފުކޮށްދިނުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެދިއްޖެއެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއާ ސުވާލު ކުރެއްވުމަށް އަޒާން ވަނީ ހުށަހަޅުއްވި ސިޓީގައިވަނީ ކެތު ލެބުގެ ހިދުމަތް ނުފެށި ލަސްވަނީ ކީއްވެތޯ އާއި ހިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ ދުވަސް ލިޔުމުން ސާފުކޮށްދިނުމަށް އެދިފައެވެ.
މީގެ އިތުރުން އަޒާން ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިދިޔަ އަހަރު އިމަޖެންސީގައި މާލެއަށް ފޮނުވި ކޮންމެ ފަސް މީހަކުން އެކަކަކީ ކާޑިއެކް އެމަޖެންސީގެ ސަބަބުން ފޮނުވަން ޖެހުނު މީހެއްކަން ފާހަގަކޮށްފައެވެ.
އައްޑޫ ހޮސްޕިޓަލުގައި ކެތު ލެބެއް ގާއިމު ކުރުމުގެ މަސައްކަތް ނިމުނު އެމްޑީޕީ ސަރުކާރުން ފަށައި އެ މަސައްކަތް 2023 ގައި ނިންމާފައިވީ ނަމަވެސް އަދި މިހާތަނަށް އެ ކެތު ލެބުގެ ހިދުމަތް ފެށިފައެއް ނުވެއެވެ.
އެމްޑީޕީ ވެރިކަމުގައި ދަރަނި އިތުރުކޮށް އާމްދަނީ އިތުރުނުވާ ފަދަ ކޮރަޕްޓް މަޝްރޫތަކެއް ހިންގި: އަޒާން މަގުބޫލު ލިޔުންތައް ބަނޑަށް 9މަސް ފުރިފައިހުރި މާބަނޑު އަނބިމީހާ މަރާލައިފި އައްޑޫ ސިޓީ ފޭދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ