ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނުކުރަން މަޖިލީހުގެ އިއްތިފާގުން ރުހުން ދީފި

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ކަމަށް އެ ބޭންކްގެ ފައިނޭންޝަލް ސެކްޓާ ޑިވޮލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު އަސްނާ ހަމްދީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިއަދު ރުހުން ދީފިއެވެ. މިއަދު ނެގި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ހިމެނޭހެން 73 މެންބަރުން ވޯޓު ދެއްވީ އަސްނާ އެ މަގާމަށް އައްޔަނުކުރުމަށެވެ. އަސްނާ، އެ މަގާމަށް އައްޔަނުކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މިދިޔަ މަހު 17 ގައި އިސްތިއުފާދެއްވުމުންނެވެ. އެމްއެމްއޭގައި މަސައްކަތްކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާ އަސްނާއަކީ މާލީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. https://sun.mv/205415 އޭނާ ކުރިން ހުންނެވީ އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައެވެ. އޭގެ ފަހުން ސީނިއާ މެނޭޖަރެއްގެ މަގާމުގައެވެ. މިހާރު ހުންނެވި ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ އެމްއެމްއޭގެ ޑިޕާޓްމަންޓްތަކުގެ ވެރިންނަކީ މެނޭޖިން ޑިރެކްޓަރުންނަށް ބަދަލުކުރައްވާފައެވެ. އެހެންވެ، އަސްނާއަކީ ވެސް މިހާރު އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޑެޕިއުޓީ ގަވަރުނަރުކަމުގައި ކުރިން ހުންނެވި އިމާދު އިސްތިއުފާދެއްވީ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މަސައްކަތް ފައްޓާފައި އޮއްވައެވެ. އޭނާ އިސްތިއުފާ ދެއްވީ އެމްއެމްއޭއިން ހުޅުމާލޭން ބިމެއް ގަނެގެން ދައުލަތަށް 15 ބިލިއަން ރުފިޔާ ނަގަން އުޅޭ ވާހަކަދެކެވުނު ދުވަސްވަރު ފައިސާ ޗާޕުކުރުމާ ދެކޮޅު ހައްދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ