މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް ގައި ރައީސް ޑރ. މުޙައްމަދު މު ޢިއްޒު އެދިވަޑައިގެންފިއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ޢުމުރާއަށް ދިއަ މީހުންނަށްވެސް ރައީސް ޑރ. މުޢިއްޒު ވަނީ ހަމަ މިފަދަ މަގަކުން ބޭންކު އަގުގައި ކާޑު މެދުވެރިކޮށް ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވައިފައެވެ. ޙައްޖު މޫސުމަށް ޑޮލަރުގެ އަގު ބޮޑުވެ 20 ރުފިޔާއަށް އުފުލިގެން ގޮސްފައިވާ އިރުވެސް މިއީ މިހައިތަނަށް ރާއްޖޭގެ ވެރިކަން ކުރެއްވި އެއްވެސް ރައީސަކު ޙައްޖުވެރިންނަށް ކޮށްދެއްވި ކަމެއް ނޫނެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ މިބާވަތުގެ ކަންކަމުގައި ބީއެމްއެލްއިން ދެމުން ގެންދާ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
"ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން."
ކޮންމެ ޙައްޖު ވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ