މޫސުން ގޯސް، ކުރިއަށް އޮތް ފަސް ދުވަހުވެސް ވާރޭ ވެހޭނެ!

މޫސުން ލަފާކުރާ ގޮތުން ކުރިއަށް އޮތް ފަސް ދުވަހުވެސް ވާރޭ ވެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.
މެޓު އޮފީހުން މިއަދު ހެނދުނު ބުނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ބާރުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އާންމުކޮށް ކޮންމެ އަހަރަކު ވެސް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކުރާ ވިއްސާރަ އެވެ. އެގޮތުން މިއަދަކީ އިރުވައި މޫސުމުގެ ދެ ވަނަ ނަކަތް ކަމުގައިވާ ފުރަހަޅަ ނަކަތުން ނުވަ އެކެވެ. މި ނަކަތް ނިމޭނީ ޖެނުއަރީ 5، 2024 ގަ އެވެ.
މެޓް އޮފީހުން ބުނާ ގޮތުގައި، މި ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހުވެސް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާ ބަންދުގައި ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ