މިދިޔަ 2 ދުވަހު ހުޅުމާލެއިން ޓޯކުރީ އެންމެ 14 އުޅަނދު

މިދިޔަ ދެ ދުވަހު ހުޅުމާލޭއިން ޓޯކުރީ އެންމެ 14 އުޅަނދުކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން އަންނަނީ ކޮންމެ ދެ ދުވަހަކުން ޓޯކުރާ އުޅަނދުތަކާއި، ޖޫރިމަނާކުރާ އުޅަނދުތަކުގެ ތަފާސް ހިސާބުތައް އާންމުކުރަމުންނެވެ. އެގޮތުން މިއަދު ފުލުހުން އާންމުކުރި ތަފާސްހިސާބުގައިވާގޮތުން ހުޅުމާލެއިން ޖުމްލަ 14 އުޅަނދު މިދިޔަ ދެ ދުވަހު ވަނީ ޓޯކޮށްފައެވެ. އެއީ ދެ ފުރޮޅުލީ 13 އުޅަނދާއި، ހަތަރު ފުރޮޅުލީ އެއް އުޅަނދެވެ. އެގޮތުން، ހަތަރު ފުރޮޅުލީ އުޅަނދު ޓޯކުރީ ލައިސެންސް ނެތި ދުއްވި މައްސަލައިގައެވެ. ލައިސެންސް ނެތި ދުއްވައިގެން ޖުމްލަ ދެ ފުރޮޅުލީ 10 އުޅަނދު ޓޯކުރިއިރު، އެކްސިޑެންޓު ފަދަ ތަހުގީގުކުރާ މައްސަލަތަކަށް އެކެއް، ނުރައްކާތެރިކޮށް ދުއްވައިގެން އެކެއް، އަދި ގަވައިދާ ޚިލާފަށް ޕާކުކޮށްގެން އެއް އުޅަނދު ޓޯކުރިއެެވެ. މީގެ އިތުރުން ޓްރެފިކް ޖޫރިމަނާއަށް ބަލާއިރު، 46 އުޅަނދު ޖޫރިމަނާކުރިއެވެ. އެއީ ދެ ފުރޮޅުލީ 32 އުޅަނދާއި، ހަތަރު ފުރޮޅުލީ 14 އުޅަނދެވެ. މިހާރު ފުލުހުން ގެންދަނީ މާލެއާއި، ހުޅުމާލޭގެ މަގުތަކުގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސަރަހައްދުތައް މޮނީޓަރުކޮށް ނުގަަވައިދުން ހުންނަ އުޅަނދުތައް ޓޯކުރަމުންނެވެ. މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ޗެކްޕޮއިންޓު ގާއިމްކޮށް ވެހިކަލް ބަަލައިފާސްކުރުމާއި ލައިސެންސް ބެލުމުގެ ކަންކަން ވެސް ފުލުހުން އަންނަނީ އެކި ވަގުތުތަކުގައި ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ