ގޯއްޗާއި ފުލެޓަށް އެދި މިހާތަނަށް 1616 ފޯމު ހުށަހަޅައިފި

މި ސަރުކާރުން ހުޅުވައިލި ބޯހިޔަވަހިކަމުގެ ސްކީމަށް މިހާތަނަށް 1،616 މީހުން ފޯމު ހުށަހަޅައިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ބުނީ މި ސަރުކާރުގެ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7،605 އެޕްލިކޭޝަން ޑްރާފްޓް މަރުހަލާގައި އެބައޮތް ކަމަށެވެ. މިހާރު ހުށަހަޅައިފައިވަނީ ފްލެޓަށް އެދި 1،160 ފޯމު ކަމަށާއި، ގޯއްޗަށް އެދި 456 ފޯމު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވައިލީ މި މަހުގެ 18ވަނަ ދުވަހެވެ. ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން ޖެހޭނީ އީފާސްލޮގިން މެދުވެރިކޮށް އެ ކަމަށް ޚާއްސަ ޕޯޓަލް މެދުވެރިކޮށެވެ. ގޯއްޗަށް އެދުމުގެ ފުރުސަތު ދީފައި ވަނީ، އަންނަ މާރިޗު ހަތަރެއްގެ 23:59އަށް ކަމަށްވާއިރު، ފުލެޓަށް އެދި އެޕްލައިކުރެވެނީ އަންނަ އޭޕްރީލް 17ގެ 23:59 އަށެވެ. މި ސްކީމުގެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 7900 ފުލެޓާއި، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ. ގޯތި ދޫކުރަނީ ދެ ކެޓަގަރީންނެވެ. އެއް ކެޓަގަރީއަކީ މާލޭ ރަށްވެހިންނަށް ޚާއްސަ އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީއެވެ. މި ކެޓެގަރީއަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. ދެވަނަ ކެޓަގަރީއަކީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓެގަރީއެވެ. މި ކެޓެގަރީއަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ