ފުރަތަމަވެސް ބުނަމެވެ. މިދައްކަނީ ވަޒީފާގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެ ދުރު 2 ޤައުމެއްގައި ނުވަތަ 2 ރަށެއްގައި އުޅެންޖެހިފައިވާ ނުވަތަ ވަޒީފާގެ ގޮތުން ލަހުން ގެއަށް ނިދަންދެވޭ މީހުންގެ ވާހަކައެއް ނޫނެވެ. މިދައްކަނީ މިބުނި ފަދަ އެއްވެސް ސަބަބެއް ނެތިވެސް އެކުގައި އެއް ގެއެއްގައި ދިރިއުޅެމުން ރޭގަނޑު ލަހުން ގެއަށް ނިދަންދާ މީހުންގެ ވާހަކައެވެ.
ކުރިން މިބުނި ފަދަ މަޤްބޫލު ސަބަބެއް ނެތި އެކަނި ނިދަންޖެއްސުވުމަކީ އަންހެނަކަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ. އެއަނިޔާ ލިބެން ފެށުމުން ކެތްތެރިވާން މަސައްކަތްކުރިނަމަވެސް އަމިއްލަ ނަފްސް އެކަން ޤަބޫލެއް ނުކުރާނެއެވެ. ނަތީޖާއަކަށްވާނީ އެކަމަށް ވިސްނަމުންގޮސް އެކަމަށް އަނބިމީހާ ހޭނުމެވެ.
އެހިސާބުން ފިރިމީހާގެ މަތިން އުންމީދުކަނޑައިލާނެއެވެ. ފިރިމީހާއާއި ނުލައި އުޅެން ދަސްކުރާނެއެވެ. އެއްވެސް ކަމަކާ ޝަކުވާއެއްވެސް ނުކުރާނެއެވެ. އެއިގެ މާނައަކީ އެގޮތަށް ފުދިގެން ހުރުމެއް ނޫނެވެ. އޭނާ އަބަދުހެން ގެންދާނީ ދެވަނަ ދިރިއުޅުމަކަށް ވިސްނަމުންނެވެ. މަޑުން އެހުންނަނީ ދެވަނަ ފުރުޞަތަކަށް ބަލަބަލައެވެ. ދެވަނަ ފުރުޞަތެއް ޔަޤީންކުރެވޭއިރަށް ހަށިފޮޅައިލާނެއެވެ.
އެގޮތަށް ޢަމަލުކުރާ ފިރިންނަށް ކަމެއް ގޯސްވެއްޖެކަން ވިސްނެނީވެސް މިބުނި ހިސާބުންނެވެ. ދެން ކުށްވެރިކުރަނީ އަނބިމީހާއެވެ. ބުނެވެސް ނުލައި ވަކިވާން ނިންމީތީއެވެ. ބުނަންހެއްޔެވެ؟ އެކަން އެގޮތަށް އެނިންމީ ބުނެނުލައެއް ނޫނެވެ. ކުރިން ވާނީ ވަރަށް ގިނައިން ޢާދޭސްކޮށްފައެވެ. އެޙާލަތަށް އެދިއައީ އެއާދޭސްތަކުގެ އަޑު ނުއެހީމައެވެ. ބީރު ކަންފަތެއް ދިނީތީއެވެ. ވީމާ އެހިސާބުން އަނބިމީހާ ކުށްވެރިކުރަން ނުހަދާށެވެ!
އެކަނި ނިދަން އަނބިމީހާ ހޭނުވުމަށްފަހު އެކަން ބަދަލުކުރުވަން ކުރާ މަސައްކަތް ކާމިޔާބުކުރެވޭނެކަމަށް ހީވެސް ނުކުރާތި! ހަށިފޮޅައިލީމަ ކުށްވެރިކުރުމަކުން ކުރާނެ ފައިދާއެއް ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ