އިނގިރޭސިވިލާތުގެ ކޯޓުގައި މިހާރު ހިނގަމުންދާ ޝަރީޢަތަކަށްބަލާއިރު އެއީ މިފަދަ ޒަމާނެއްގައި ބިރުގަންނަން ޖެހޭވަރުގެ ލަދުވެތިވާންޖެހޭ މައްސަލައެކެވެ. އެމައްސަލައަކީ 16 އަހަރުގެ އަންހެން ކުއްޖަކު ވަގަށްނަގައިގެން ގެންގުޅޭތާ 25 އަހަރުފަހުން ސަލާމަތްކުރެވުނު ބޮޑެތި އަނިޔާތައް ލިބިފައިވުމުގެ އިތުރުން އަނގައިގަ ދަތެއްވެސް ނެތްކަމުގެ މައްސަލައެކެވެ.
މިއަނިޔާވެރި ޢަމަލު ހިންގާފައިވަނީ 10 ދަރިންގެ މަންމައެކެވެ. 56 އަހަރުގެ އަންހެނެކެވެ. އެކުއްޖާ ގެންގުޅެފައިވަނީ ގެއިން ބޭރަށް ނުނުކުމެވޭނެހެން ތަޅުލައިގެން ގޭގެ ނޯކަރެއްގެ ގޮތުގައެވެ. އޭނާ ސަލާމަތްކުރެވުނުކަމަށްވަނީ ފޯނަކުން ފުލުހުންނަށް ދިން މަޢުލޫމާތަކާއި ގުޅިގެންނެވެ.
އަޅެއް ފަދައިން ބުރަމަސައްކަތްކުރުވަމުން މިކުއްޖާ ގެންގުޅެފައިވާއިރު އެކިބާވަތުގެ ޖިސްމާނީ ކޮށްފައިވާވަރު ބެލޭނެ ގޮތެއްވެސް ނެތެވެ. ކޮންމެ ދުވަހަކީވެސް އޭނާއަށް އަނިޔާކުރާ ދުވަހެކެވެ. އަނިޔާލިބުނު ކުއްޖާ ފުލުހުންނަށް ކިޔައިދިން ގޮތުގައި އޭނާއަށް ނިދަންޖައްސުވާފައިވަނީ ގުދަނެއް ފަދަ ތަނެއްގައެވެ. އަދި ފެންނުވަރާތާވެސް އަހަރަކަށްވުރެ ގިނަވެއްޖެއެވެ.
މީހުން ޢިލްމްވެރިވެއްޖެއެވެ. ދުނިޔެ ތަރައްޤީވެއްޖެއެވެ. އިންށާނުންނަށް ލިބެންޖެހޭ ޙައްޤުތައްކަމަށް ބުނާ ކަންކަންވެސް އެހައި ގިނަވެއްޖެއެވެ. ނަމަވެސް އެންމެ ބޮޑަށް ތަރައްޤީވެފައިވާކަމަށް ބުނާ ޤައުމުތަކުންވެސް ފެންނަމުން މިދަނީ ޖާހިލިއްޔަ ޒަމާނުގައިވެސް ނުފެންނަ ފަދަ އަނިޔާވެރިކަމެވެ.
ސޯޅަ އަހަރުގެ އަންހެން ކުއްޖަކު ވަގަށްނަގައިގެން ގެންގުޅޭތާ ފަންސަވީސް އަހަރުފަހުން ސަލާމަތްކުރެވުނު ބޮޑެތި އަނިޔާތައް ލިބިފައިވުމުގެ އިތުރުން އަނގައިގަ ދަތެއްވެސް ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ