ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާގެ ހުރިހާ ފްލެޓެއްގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މިހާތަނަށް 8 ޓަވަރެއްގައި ލިފްޓު ހަރުކޮށް ނިންމާ އާންމުން ބޭނުންކުރުމަށް ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ހިޔާގައި އިތުރު ލިފްޓު ހަރުކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ އެވެ. އެ މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާނެ އެވެ. އެގޮތުން:
ހިޔާގެ 16 ޓަވަރު ހުންނައިރު ޖުމްލަ 32 ލިފްޓު ހަރުކުރާނެ
އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖާ އަދި ސްޓްރެޗާ ލިފްޓެއް
މަޝްރޫއުގެ އަގަކީ 18 މިލިއަން ޑޮލަރު (278.3 މިލިއަން ރުފިޔާ)
އިތުރު ލިފްޓްތައް ހަރުކުރަނީ ލޮބީ އޭރިއާގައި އިތުރު ދަގަނޑު ސްޓްރަކްޗާއެއް ހަދައިގެން
ތަފްސީލް - އެ މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ ހިޔާ ޓަވަރު 1 އިން 8އާ ހަމައަށް ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓު ހަރުކޮށް ނިންމާ ބޭނުންކުރަން ފަށައިފަ އެވެ.
މީގެ އިތުރުން:
ދަގަނޑު ސްޓްރަކްޗާގެ މަސައްކަތް ހުރިހާ ޓަވަރެއްގައި ވަނީ ނިމިފައި
މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ހުރީ ސައިޓުގައި
މިހާރު ކުރިއަށް ދަނީ ޓަވަރު 14، 15 އަދި 16ގައި ލިފްޓުތައް ހަރުކުރުމުގެ މަސައްކަތެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ޖުމްލަ %89 މިހާރު ވަނީ ނިމިފަ އެވެ.
ފާހަގަކޮށްލެވޭ - ހިޔާ ޓަވަރުތަކުގައި މީހުން ދިިރިއުޅެން ފެށިއިރު، ލިފްޓުތައް ތޮއްޖެހި، އަރާފޭބުން ލަސްވާތީ ވަރަށް ބޮޑަށް ޝަކުވާތައް ފެންމަތިވި އެވެ.
ޖުމްލަ 25 ބުރިއަށް ހަދާފައިވާ 16 ޓަވަރުގައި 25،000އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު، އެ ތަންތަނުގައި މީހުން އުޅެން ފެށިއިރު ހަރުކޮށްފައިވަނީ ޓަވަރެއްގައި ތިން ލިފްޓު، ޖުމްލަ 54 ލިފްޓެވެެ.
ހިޔާގެ 8 ޓަވަރެއްގައި އިތުރު ލިފްޓު ހަރުކޮށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ