އަސާސީ ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސް އިން ހާއްސަ ހޮޓްލައިނެއް މިއަދު ތައާރަފްކޮށްފިއެވެ.
މިއަދުން ފެށިގެން ޚިދުމަތް ދޭން ފަށާފައިވާ މި ހޮޓްލައިން ނަންބަރަކީ 1505 އެވެ.
މި ޚިދުމަތާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކުންފުނީގެ އެންމެ ބޮޑު އިސްކަމެއް ކަމަށެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ރާއްޖެ އެތެރެކޮށް، މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު މުޅި ރާއްޖޭގައި ގާއިމުކުރުމެވެ.
ބޭހުގެ ޚިދުމަތްތަކަށް ދައުލަތުގެ ބޭސް ކުންފުނިން ހާއްސަ ހޮޓްލައިނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ