ފަސޭހަކަމާ އެކު 5-0 އިން ބޫޓާން ބަލިކޮށް އިންޑިއާ އިން ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މާލޭގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި، އަންނަ ހުކުރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި އިންޑިއާ އިން ކުޅޭނީ ބަންގްލަދޭޝާ ދެކޮޅަށެވެ. މި ދެ ޓީމުން މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
އެންމެ ފަހުން، 20 އަހަރުން ދަށަށް ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، ބަންގްލަދޭޝް އިން ވަނީ ނޭޕާލް ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު، މިދިޔަ އަހަރު މި މުބާރާތް 19 އަހަރުން ދަށަށް ބޭއްވިއިރު، ޕެނަލްޓީ ޖަހައިގެން އިންޑިއާ އަތުން ބަންގްލަދޭޝްވީ ބައްޔެވެ. ބަންގްލަދޭޝް އިން މިއަދު ފުރަތަމަ ސެމީގައި ވަނީ 1-0 ނޭޕާލް ބަލިކޮށްފަ އެވެ.
ތަފްސީލް އަންނަނީ....
ސާފް 20 އަހަރުން ދަށުގެ މުބާރާތް: ފަސޭހައިން ބޫޓާން ބަލިކޮށް އިންޑިއާ ފައިނަލަށް ސާފް 20 އަހަރުން ދަށުގެ މުބާރާތް: ފަސޭހައިން ބޫޓާން ބަލިކޮށް އިންޑިއާ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ