ފުލުހުން އާންމުކޮށްފައިވާ ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ކުރީގެ މީޑިއާ ކައުންސިލް ހިންގި އިމާރާތް ކުރިމަތިންނެވެ. ވީޑިއޯއިން ފެންނަނީ މީހަކު މަގު ހުރަސްކުރަމުން ދަނިކޮށް ދުއްވާފައި ދިޔަ ސައިކަލަކުން އެ މީހާގެ ގައިގައި ޖެހި، އޭނާ ބިންމައްޗަށް ވެއްޓޭ މަންޒަރެވެ. ނަމަވެސް، އެކްސިޑެންޓްވުމުން ވެސް ސައިކަލު ދުއްވަން އިން މީހާ މަޑުނުކޮށް އެ ސަރަހައްދުން ދާތަން ފެނެއެވެ.
އެކްސިޑެންޓް މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް ފަރާތެއްވާނަމަ އެމަޢުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅުއްވައި… pic.twitter.com/BtWEEptldy
ފުލުހުން ވަނީ އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ނުވަތަ އެކްސިޑެންޓުވި މަންޒަރު ދުށް މީހަކު ހުރި ނަމަ، އެ މައުލޫމާތެއް ހިއްސާކުރުމަށް އެދިފައެވެ. މައުލޫމާތު ހިއްސާކުރުމަށް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލި މީހަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ