ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް، ސައިކަލު ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފުރުސަތުތަކެއް ހުޅުވާލުމުގެ ގޮތުން 'މޮޓޯއެކްސް ރޯދަ ރައިޑް 2026' ޕްރޮމޯޝަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަނަކީ ސައިކަލު ދުއްވާ މީހުންނާއި އަލަށް ސައިކަލު ގަންނަން ބޭނުންވާ ފަރާތްތަކަށް، މޮޓޯއެކްސްގެ ޝޯރޫމްތަކަށް ޒިޔާރަތްކޮށް، ސައިކަލުތައް އަމަލީ ގޮތުން ބަލައިލުމުގެ ފުރުސަތު ދިނުމަށާއި ހެޔޮ އަގުތަކެއްގައި ސައިކަލު ލިބޭނެ މަގު ފަހިކޮށްދިނުމަށް ފެށި ކެމްޕޭނެކެވެ.
ތަފްސީލް - މި ޕްރޮމޯޝަނުގެ ދަށުން:
މޮޓޯއެކްސް އިން ވިއްކާ ހުރިހާ މޮޑެލްއެއްގެ ސައިކަލުތަކުން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ
މީގެ އިތުރުން، ސައިކަލެއް ގަތުމުގެ ކުރިން ދުއްވާލަން ފަސޭހަ މިންވަރު ތަޖުރިބާކޮށްލުމަށްޓަކައި 'ސީއެފް މޮޓޯ 150އެސްސީ' މޮޑެލް ހިލޭ ޓެސްޓް ރައިޑް ކޮށްލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައި
މޮޓޯއެކްސް އިން ބުނި ގޮތުގައި، މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުން ހަމައެކަނި އޮންލައިންކޮށް ސައިކަލު ބެލުމުގެ ބަދަލުގައި، އެ މީހެއްގެ ބޭނުންތަކާ އެންމެ ގުޅޭ ސައިކަލު ހޯދުމަށް މަގުފަހިކޮށްދިނުމެވެ. މިއީ އަލަށް ސައިކަލު ގަންނަ ފަރާތްތަކަށާއި މިހާރު ދުއްވާ ސައިކަލު އާ މޮޑެލަކަށް ބަދަލުކޮށްލަން ބޭނުންވާ ފަރާތްތަކަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
މި ޕްރޮމޯޝަނުގައި މޮޓޯއެކްސް އިން ރާއްޖެއަށް އެތެރެކޮށް ވިއްކާ މަޝްހޫރު ދެ ބްރޭންޑް ކަމަށްވާ 'ސީއެފް މޮޓޯ' އަދި 'ކީވޭ'ގެ އެކި މޮޑެލްތައް ހިމެނެ އެވެ. މި ބްރޭންޑްތަކަކީ އާންމު ދަތުރުފަތުރަށާއި ކުދި މަގުތަކުގައި ދުއްވުމަށް އަދި ރެކްރިއޭޝަނަލް ބޭނުންތަކަށް ވެސް އެކަށޭނަ ސައިކަލުތަކެކެވެ.
ފާހަގަކޮށްލެވޭ - މޮޓޯއެކްސްއަކީ ސީއެފް މޮޓޯ އަދި ކީވޭގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން ސައިކަލު ވިއްކުމުގެ އިތުރުން، އާފްޓަ ސޭލްސް ސާވިސް އާއި ސްޕެއާ ޕާޓްސްގެ ހިދުމަތް ވެސް ފޯރުކޮށްދެ އެވެ.
ސައިކަލު ތަޖުރިބާކޮށްލެވޭ 'ރޯދަ ރައިޑް' ޕްރޮމޯޝަން މޮޓޯއެކްސްއިން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ