ލަންޑަން (ޑިސެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތް އާސެނަލްގެ ޓީމު އަންނަ މަހުގެ ޓްރާންސްފާ މާކެޓް ތެރޭގައި ވެސް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 18 މެޗުގެ ކުޅުން ނިމިގެންދިޔައިރު، އާސެނަލް އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސީޒަނުގެ ފުރަތަމަ ކޮޅުގައި ވެސް އާސެނަލަށް މުުހިންމު ގިނަ ކުޅުންތެރިންގެ އަނިޔާގެ މައްސަލަ ދިމާވި އެވެ. އޭގެ ތެރޭގައި، ޑިފެންޑަރުން ކަމަށްވާ ވިލިއަމް ސަލީބާ އާއި ގަބްރިއެލް މަގާޅައެސްގެ އިތުރުން އެޓޭކުގައި ހިމެނޭ ވިކްޓަ ޔޯކެރޭޝް އާއި މާޓިން އޮޑެގާޑަށް ދިމާވި އަނިޔާގެ ކަންކަން ހިމެނެ އެވެ.
"އަހަރެމެން ޖެނުއަރީގައި އެބަޖެހޭ ވަރަށް ހަރަކާތްތެރިކޮށް ޓީމު ވަރުގަދަ ކުރުމުގެ ކަންކަމުގައި އުޅެން. އެކަމަކު، މީގެ މުހިންމު ކަމެއް، ޓީމަށް ބޭނުންތެރި ކުރަން ޖެހޭ، ޓީމު ވަރުގަދަކުރަން ބޭނުންވާ ޓްރާންސްފާ ކުރަން،" އާޓެޓާ ބުންޏެވެ.
އާސެނަލުން ވަނީ ސީޒަން ފެށުމުގެ ކުރިން ވެސް އާ ކުޅުންތެރިން ގަންނަން 300 މިލިއަން ޑޮލަރަށް ވުރެން އިތުރަށް ހޭދަކޮށްފަ އެވެ. އާސެނަލުން ލީގު ނުހޯދާތާ 20 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާއިރު، މިދިޔަ ތިން ސީޒަނުގައި ވެސް އެ ޓީމުން ލީގު ނިންމާލީ ދެ ވަނައިގަ އެވެ.
ލީގުގައި މިރޭ އާސެނަލުން އަމިއްލަ ދަނޑުގައި ކުޅޭނީ ލީގުގެ ތިންވަނައިގައި އޮތް އެސްޓަން ވިލާއާ އެވެ.
އާޓެޓާ ބުނަނީ އާސެނަލް ސްކޮޑު އަދިވެސް ވަރުގަދަވާން ޖެހޭ ކަމަށް އާޓެޓާ ބުނަނީ އާސެނަލް ސްކޮޑު އަދިވެސް ވަރުގަދަވާން ޖެހޭ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ