41 މީޑިއާއެއް މާލީ އެހީއަށް ޝަރުތު ހަމަވެއްޖެ

އަމިއްލަ މީޑިއާތަކަށް ދައުލަތުން ދޭ ފައިސާގެ އެހީއަށް 41 މީޑިއާއަކުން ޝަރުތު ހަމަވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން އިއްޔެ ބުނެފިއެވެ. އެ ކޮމިޝަނުން ބުނީ އެހީއަށް ހުށަހެޅުމަށް ޓަކައި 57 މީޑިއާއަކުން ޕްރޮފައިލް ހެދި ކަމަށާއި ޝަރުތު ހަމަވީ 41 މީޑިއާ ކަމަށެވެ. މީޑިއާތަކަށް ލިބުނު މާކްސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށާއި، ޝަރުތު ހަމަވި މީޑިއާތަކަށް އެހީގެ ގޮތުގައި ޖުމްލަ 27.9 މިލިއަން ރުފިޔާ ދޭން ނިންމައިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެއީ ދައުލަތުގެ އާމްދަނީގެ 0.1 އިންސައްތައެވެ. އެހީއަށް ހުށަހެޅުމުގެ ސުންގަނޑި ހަމަވުމާއެކު އަށް ޝަކުވާ ލިބުނުއިރު ތިން ޝަކުވާ ބަލައިގަތް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. ކޮމިޝަނުން ބުނި ގޮތުގައި މާކްސް ދިނުމުގައި ބެލި ކަންކަމަކީ: މީޑިއާގެ މުއްދަތު މުވައްޒަފުންގެ އަދަދާއި، މީޑިއާ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަަތަ ބިޒްނަސް ޕްލޭން ކޮންޓެންޓްގެ ބާވަތަށާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އިދާރީ އިންތިޒާމުތައް https://sun.mv/215286 އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމަށް, ޔޫތު މިނިސްޓްރީ އާއި އެމްއެމްބީސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ މި މަހު 18ގައެވެ. ޔޫތު މިނިސްޓްރީން މީގެ ކުރިން ވަނީ މީޑިއާ ބަޖެޓް ލިބޭ މީޑިއާތަކުގެ ލިސްޓެއް އެކުލަވާލައިފައެވެ. އެކަމަަކު، އެ ލިސްޓު އެކުލަވާލައިފައިވާ ގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން، އަމިއްލަ 18 މީޑިއާއަކަށް ފައިސާ ދޫކުރާނެ ކަމަށް އިއުލާނުކުރިއިރު، އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެގޮތުން، އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު، ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެ. އޭގެ ފަހުން ޔޫތު މިނިސްޓްރީން ބުނީ، އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމާ ބެހޭ އުސޫލު އެކުލަވާލީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ކުރިން ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފާގެ މަތިން ކަމަށެވެ. އެކަމަކު، އާ މީޑިއާ ކޮމިޝަން އުފެދުމުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ކަންކަން މިނިވަންކަމާ އެކީ ކުރުމަށް އެންމެ އެކަށީގެންވަނީ އެ ކޮމިޝަން ކަމަށް ދެކޭކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ