ހުރާ ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ހުރާ ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ހެލްތު، ޢަބްދުالله ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މަޖިލިސް މެންބަރު އަނާރާ ނަޢީމާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އާއި ހުރާ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން 15,650 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 16 އެނދުގެ ޞިއްހީ ޚިދުމަތްދޭ މަރުކަޒެއް ހަދާނެއެވެ. މިއިން ކޮންމެ ފަންގިފިލާއެއްގައި 7825 އަކަފޫޓު ހުންނާނެއެވެ.
މީގެ އިތުރުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތާއި، މޭސަނަރީ މަސައްކަތާއި، ޓައިލްސް ޖެހުމުގެ މަސައްކަތާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތާއި، ދަވާދު ލުމާއި، ހައިޑްރޯލިކްސް އަދި ޑްރޭއިނޭޖްގެ މަސައްކަތާއި، ކަރަންޓު ވަޔަރުކުރުމާއި، މެޑިކަލް ގޭސް ސިސްޓަމެއް ބެހެއްޓުމާއި، އެއަރ ކޮންޑިޝަން ހަރުކުރުމާއި، އަލިފާން ނިއްވުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 27.23 މިލިއަން ރުފިޔާގެ 360 ދުވަސްތެރޭ ނިންމަން މި ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ