ދިރާގުން މީޑިއާނެޓާ ގުޅިގެން، މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނޭ ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނަށް މަގުބޫލު ޓީވީ ޗެނަލްތަކާއި ބޭނުން ވަގުތަކު ބަލާލެވޭ އޮން-ޑިމާންޑް ކޮންޓެންޓްގެ އިތުރުން، ކުޅިވަރުގެ މެޗުތައް ފަސޭހަކަމާ އެކު އަގުހެޔޮކޮށް ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.
ތަފްސީލް - އަލަށް ތައާރަފުކުރި މީޑިއާނެޓް ބަންޑަލްތައް ފަރުމާކޮށްފައިވަނީ ކަސްޓަމަރުން ބޭނުންވާ އެކިއެކި ބޭނުންތަކަށް ބިނާކޮށެވެ. އެގޮތުން:
1 މަސްދުވަހުން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް ހިޔާރުކުރެވޭ މި ޕެކޭޖުތަކުގެ އަގުތައް ފެށެނީ މަހަކު އެންމެ 50ރ. އިން.
މީގެ އިތުރުން، ދިރާގު ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ 'ވީޑިއޯ ކްލަބް މޯބައިލް' ޕެކޭޖު މެދުވެރިކޮށް، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ތަފާތު ގިނަ އުފެއްދުންތައް މަހަކު އެންމެ 50ރ.އަށް ބަލާލެވޭނެ
މި ހިދުމަތަށް ސަބްސްކްރައިބް ކުރުމަށްޓަކައި ދިރާގު އެޕް މެދުވެރިކޮށް އެމްޓީވީ މޯބައިލް ވިތް ދިރާގު ބެނާއަށް ފިއްތާލުމަށް ފަހު، ބޭނުންވާ ޕެކޭޖެއް ހިޔާރުކޮށް 'ސަބްސްކްރައިބް'އަށް ފިއްތާލުމުން ވަގުތުން ހިދުމަތް އެކްޓިވޭޓްވާނެ އެވެ.
މި ހިދުމަތަށް ދައްކާ ފައިސާ މޮބައިލް ބެލެންސުން ނުވަތަ މަހު ބިލަށް އިތުރުކޮށްލުމުގެ ފަސޭހަކަން ވެސް ލިބޭނެ އެވެ.
ދިރާގާއި މީޑިއާނެޓުން އެމްޓިވީ މޮބައިލް ސްޓްރީމިން ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ