ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ މައްސަލަތައް، ހެއްކާ އެކު ގެނެސްދީފި ނަމަ އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒްކޮށް ނިމުމުން، ކޮރަޕްޝަންގެ ވަބާ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ވަރަށް ބޮޑަށް ނެތިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ބުނީ ކީކޭ؟ - ކޮރަޕްޝަން ނައްތާލުމުގައި ގިނަ މަސައްކަތްތައް މި ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކޮށް ރައީސް ވިދާޅުވީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި އެކަމާ ގުޅޭ ގިނަ ބިލުތަކެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ:
އެންޓި-ކޮރަޕްޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
އެސެޓް ރިކަވަރީއާ ބެހޭ ބިލު
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
ބުނީ ކީކޭ؟ - "މި ބިލުތަކުގެ އިތުރުން މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވާ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ނުހައްގު މުއްސަނދިކަމުގެ ކުށާ ބެހޭ ބިލާއި ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްވުމުން މި ބޮޑު ކޮރަޕްޝަންގެ މައްސަލައަށް ހައްލެއް ގެނައުމަށް ގިނަގުނަ ކުރިއެރުންތަކެއް ލިބޭނެކަން ޔަގީން،" ރައީސް ވިދާޅުވި އެވެ.
"މަޖިލިސް މެމްބަރުންނަށް އަޅުގަނޑު ދޭ ޔަގީންކަމަކީ ކޮރަޕްޝަނާ ވައްކަމާއި ފަސާދަ ހިންގާ އެއްވެސް ފަރާތެއްގެ މައްސަލަ، އެ މައްސަލައިގެ ހެއްކާ އެކު އަޅުގަނޑާ ހަމައަށް ގެނެސްފި ނަމަ، އެ ފަރާތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި އަޅުގަނޑު ކުޑަކޮށް ވެސް ފަސްނުޖެހޭނަން."
ކޮރަޕްޝަން ހިންގާ އެންމެންނަށް ފިޔަވަޅު އަޅާނަން؛ ހެކި ގެނެސްދީ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ