ފިލްމު 'ބޫތު ބަންގްލާ' ނެޓްފްލިކްސްއަށް

މި އަހަރުގެ އޭޕްރީލް މަހު ސިނަމާތަކަށް ގެނެސްދިން ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ ފިލްމު "ބޫތު ބަންގްލާ" ނެޓްފްލިކްސްގައި ސްޓްރީމްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ. މި ފިލްމަކީ، އަކްޝޭގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 2007ގެ 'ބޫލް ބުލައްޔާ' ގެނެސްދިން ޕްރިޔަދަރުޝަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ޕްރިޔާދަރުޝަން އާއި އަކްޝޭ އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމުވެސްމެއެވެ. މި ހަފްތާގެ ހުކުރު ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާނެކަން އިއުލާނުކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެތެރޭ، ވަމީގާ ގައްބީ، ޕަރޭޝް ރާވަލް، ތައްބޫ، ރާޖްޕަލް ޔާދަވް އަދި މިދިޔަ އަހަރު މަރުވި އެކްޓަރު އާސްރާނީ ވެސް ހިމެނެއެވެ. ފިލްމުގެ ވާހަކަ ބިނާވެފައިޗވަނީ 2000ގެ ކުރީކޮޅުގެ ދުވަސްވަރެއްގެ މައްޗަށެވެ. ފިލްމު ފެށިގެން އަންނަނީ 'މަންގަލްޕޫރް' ކިޔާ އަވަށެއްގައި ދެކެވޭ ބިރުވެރި ވާހަކައަކުންނެވެ. އަކްޝޭ ފިލްމު ޑައިރެކްޓަރު ޕްރިޔާދަރުޝަންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ބާލާޖީ ޓެލެފިލްމްސްގެ ބެނާގެ ދަށުން ގެނެސްދިން މި ފިލްމަކީ އަކްޝޭ ކުމާރުގެ 'ކޭޕް އޮފް ގުޑް ފިލްމްސް' އާ ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. މީގެ އިތުރުން ފާރާ ޝެއިޚް އަދި ވެދާންތު ބާލީ ވެސް ވަނީ ކޯ-ޕްރޮޑިއުސަރުންގެ ގޮތުގައި ފިލްމުގައި މަސައްކަތް ކޮށްފައެވެ. އަކްޝޭ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަހުމަދު ޚާން ޑައިރެކްޓްކުރާ 'ވެލްކަމް ޓު ދަ ޖަންގަލް'އިންނެވެ. ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި 'ވެލްކަމް' ފްރެންޗައިޒްގެ ތިންވަނަ ފިލްމު ސިނަމާތަކަށް ގެންނާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ