މާލޭގެ ކެޕޭސިޓީ މަދުވެގެން ރޯދަމަހު ކަރަންޓު ކަންޑާކަށް ނުޖެހޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) ހުސައިން ފަހްމީ ވިދާޅުވެެއްޖެއެވެ.
ފަހްމީ މިހެން ވިދާޅުވެފައިވަނީ، މާލެގައި ކަރަންޓުގެ މައްސަލަ ދިމާވެފައިވާ ތަންވަޅުގައި ރޯދަމަހަށް ހާއްސަކޮށްގެން ގާއިމުކުރެވޭ ޖެނެރާޓަރު ފެސިލިޓީގެ މަސައްކަތް ކުރާ ސައިޓް އޮބްޒާވު ކުރުމަށް ވަޑައިގެން މީޑިއާތަކަށް ދިން އިންޓަވައިވުއެއްގައެވެ.
ގާއިމުކުރެވޭ ޖެނެރޭޓަރުތަކަކީ، 17 މެގަވޯޓްގެ 13 އިންޖީނު ކަމަށް އެމްޑީ ވިދާޅުވިއެވެ.
މިދިޔަ ރޯދަމަހު އަދި މި ރޯދަމަސްވެސް ހޫނުމޫސުމަށް ދިމާލަށް، އެހެންވީމަ ހޫނުމޫސުމާ ދިމާކޮށް މިއަންނަނީ، އެހެންވީމަ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތެއް މި މަސައްކަތަކީ
އެމްޑީ މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނެފައިވަނީ، ކުރިޔަށް އޮތް ރޯދަމަހުގައި ހޫނު މޫސުމާ ކުރިމަތިލާންޖެހުމުގެ ސަބަބުން، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ހުރިހާ އިންޖީނާއި ޓްރާންސްފޯމަރު ހުރި ނަމަވެސް ބިމުގެ ދަތިކަން ހުރި ކަމަށާއި މި ބިން ސްޓެލްކޯއަށް ލިބިފައިވަނީ މިދިޔަ ބުރާސްފަތީގައި ކަމަށެވެ. އަދި މި ބިމަކީ 40،000 އަކަ ފޫޓުގެ ބިމެއް ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.
އެމްޑީ ބުނެފައިވަނީ މި ބިން ސާފުކޮށް، ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރިޔަށް އޮތް 8 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އަދި އެ ބިމުގައި ކުރަން ޖެހޭ މަސައްކަތްތަށް ކުރަމުންދަނީ 24 ގަޑިއިރު ހުއްޓުމެއް ނެތި ކަމަށް އެމްޑީ ވިދާޅުވިއެވެ.
އެމްޑީ އިތުރަށް ވިދާޅުވެފައިވަނީ، ރޯދަމަހުގެ ހޫނު މޫސުން ތަހައްމަލު ކުރަން ޖެހޭ ހިންދު، ކަރަންޓު އިގްތިސާދުކުރެއްވުމަށް އިލްތިމާޒުކުރެއްވިއެވެ. އެގޮތުން، އެބޭފުޅާގެ ތަޖުރިބާގެ އަލީގައި އެންމެ ބާރުގަދަ އެއް ޓޫލަކީ ގޭގައި އުޅޭ ތުއްތުކުދިންނަށް، އެ ކުދީންގެ މައިންބަފައިންނަށް ކަރަންޓުގެ ވަސީލަތްތައް ނިއްވުމަށް ހަންދާންކޮށްދިނުމުގެ އާދަ ދަސްކޮށްދިނުމެވެ.
ބިލް ބޮޑުވުމުމުގެ އެންމެ ބޮޑު އެއް އަސްލަކީ ކަރަންޓު ބޭނުންކުރާ އަދަދު ގިނަވުން، ކޮންމެ 5 އަހަރަކުން 50 މެގަވޯޓް މާލެ ސަރަހައްދަށް އިތުރު އެބަވޭ
ރޯދަމަހަކީ ސްކޫލް ބަންދުވާ ދުވަސް ވަރަކަށް ވުމުން، ގިނަ ވަގުތު ކުޑަކުދީންނާއި އަދި އެހެނިހެން މީހުން ގޭގައި ގިނަ ވަގުތު ގޭގައި ހޭދަކުރާނެކަމަށާއި މިކަމުގެ ސަބަބުން ކަރަންޓް ބިލް ބޮޑުވުމަށް ފުރުސަތު އޮތް ކަމަށް އެމްޑީ ވިދާޅުވިއެވެ. އެހެންކަމުން، ބިލް ބޮޑުވުން ހުއްޓުވުމަށްޓަކައި ކުރިޔަލާ މަސައްކަތްކޮށްފިނަމަ ކަރަންޓު ބިލް ކުޑަވާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.
ހުޅުމާލެގައި އިންސްޓޯލްކުރެވޭ ގެނެރޭޓަރު ފެސިލިޓީގެ ބިމުގައި ކުރެވޭ މަސައްކަތް ބަލާލުމަށް، މާލެ ސިޓީ ދާއިރާ މެމްބަރުންވެސްވަނީ ބައިވެރިފައެވެ. އަދި ސްޓެލްކޯގެ މެނޭޖްމެންޓާއި އިތުރު މުވައްޒަފުންވެސް ވަނީ ބައިވެރިވެފައިވެއެވެ.
މާލެގެ ކެޕޭސިޓީ މަދުވެގެން ރޯދަމަހު ކަރަންޓު ކަންޑާކަނށް ނުޖެހޭނެ: ހުސައިން ފަހްމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ