ކަނޑުމަގުން ދިވެހިރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ އެ ވޭޕް ކާޓްރިޖްތައް އަތުލައިގެންފައި ވަނީ މާލެ ކޮމާޝާލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
"މި އޮޕަރޭޝަންގައި ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމެންޓެއް ބަލައިފާސްކޮށް އެ ޝިޕްމެންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައި، މިގޮތުން ޖުމުލަ 5600 ވޭޕް ކާޓްރިޖު ހޯދައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެވިފައި،" ކަސްޓަމްސްއިން ބުންޏެވެ.
ދިވެހިރާއްޖެއަށް އެތެރެކުރަން އުލުނު ވޭޕް ކާޓްރިޖްތައް ފެންނަ ވީޑިއޯއެއް ވެސް ކަސްޓަމްސްއިން ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް، އެ ތަކެތި އެތެރެކުރީ ކޮން ކުންފުންޏަކުން ކަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެ އެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 5000 ވޭޕް ކާޓްރިޖް އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ