ޓެކްސީގެ ހިދުމަތް ދޭން ވިލިމާލެއަށް ޓެކްސީ ލައިނުގެ ކާރުތަކެއް އަރުވައިފި

ޓެކްސީގެ ހިދުމަތް ދޭން ކަމަށް ބުނެ، އިންޖީނުލީ އުޅަނދު ދުއްވުން މަނާ، ވިލިމާލެއަށް ޓެކްސީ ލައިނުގެ އިލެކްޓްރޯނިކް ކާރުތަކެއް ގެންގޮސްފި އެވެ. 
ވިލިމާލޭގައި މިހާރު ވެސް ބަހުގެ ހިދުމަތް ދެ އެވެ. އަދި އެމްބިއުލޭންސާއި ޕިކަޕު ފަދަ އުޅަނދު އަދި ފުލުހުންގެ އުޅަނދު ވެސް ދުއްވަ އެވެ.
"މާލޭ ޓެކްސީ ލައިނުގެ ހިދުމަތް ތައާރަރު ކުރުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ، ރައްކާތެރި، ހަރުދަނާ، ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު އިތުރު ޓެކްސީ ހިދުމަތެއް ފޯރުކޮށްދިނުން،" އެ ހިދުމަތް ދޭ އެމްޓީސީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. 
ޓެކްސީގެ ހިދުމަތް ވިލިމާލެއަށް ތައާރަފު ކުރުމުގެ ގޮތުން އެ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު ހޯދާފައިނުވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. އަދި ވިލިމާލެއަކީ ކުޑަ ރަށަކަށްވާތީ ބަހުގެ ހިދުމަތް ދެމުންދާއިރު ޓެކްސީގެ ހިދުމަތުގެ ހަގީގީ ބޭނުމެއް ނެތް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. 
ޓެކްސީ ލައިނުން ކާރު ބުކް ކުރަން ޖެހެނީ "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން މެދުވެރިކޮށެވެ. އެ އެ އެޕްލިކޭޝަންއަކީ އެތައް މިލިއަން ރުފިޔާއެއް ދީގެން ހެދުމުން ވެސް މައްސަލަ ޖެހިގެން އުޅުނު އެޕްލިކޭޝަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ