މިރޭ 8 އިން 12 އަށް މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ

މިރޭ 8 އިން 12 އަށް މާލޭގެ ބައެއް ސަރަަހައްދުތައް ބަންދުކުރަން ފުލުހުން ނިންމައިފި އެވެ.
ތަފްސީލް - ފުލުހުން މިއަދު މެންދުރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ:
މާލޭގެ އެކި ސަރަހައްދުތައް މިރޭ 8 އިން 12 ޖެހުމާ ހަމަޔަށް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް
މަގުތައް ބަންދުކުރަނީ، މާލޭގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް 
އެކަމަކު ބަންދުކުރަނީ ކޮން ސަރަހައްދުތަކެއް ކަމެއް ނުބުނޭ
ފާހަގަކޮށްލެވޭ ކަމެއް - މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ފުލުހުން ނިންމިއިރު،  'ވަޒީފާ ބުރާސްފަތި' ނަމުގައި އިދިކޮޅު އެމްޑީޕީގެ އިހުތިޖާޖެެއް ބޭއްވުމަށް އޮތީ ނިންމާފަ އެވެ. މި އިހުތިޖާޖު ފަށަން ހަމަޖެހިފައި އޮތީ، މިރޭ 8:30ގައި ރަސްފަންނު ސަރަހައްދުންނެވެ. އިހުތިޖާޖު ނިންމާ ގޮތަށް އޮތީ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ.
އާންމުކޮށް މިފަދަ އިހުތިޖާޖުތައް ރޭގަނޑު 12 ޖެހުމާ ހަމަޔަށް ކުރިއަށް ގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ