ގާސިމް އިބްރާހީމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި

26: 12
ގާސިމް އިބްރާހީމް ޖުމްހޫރީއާ ގުޅިވަޑައިގެންކަން ކަށަވަރުކޮށްދެއްވަމުން އެ ޕާޓީގެ އިސް މެންބަރަކު ވިދާޅުވީ، ގާސިމް އެ ޕާޓީއާ ގުޅިވަޑައިގަތީ ރޭ 45: 11 ހާއިރު ކަމަށެވެ. އަދި ޕާޓީ އަށް ސޮއިކުރެއްވުމުގެ ކަންތައް ކުރިއަށް ދިޔައީ ގާސިމްގެ އަމިއްލަފުޅު ގެ ކަމަށްވާ މ. މާފަންނު ވިލާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާފައިވަނީ، ހުސްވި ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ރޭ ދ. ކުޑަހުވަދޫގަ އެވެ. އެ ޕާޓީ އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތްކުރުމަށް ހުއްދަ ދިނީ މި އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އޮފީހުގައި ޖުމްހޫރީ ޕާޓީ ރަޖިސްޓްރީކޮށްދީފައިވަނީ، މި މަހުގެ 3 ވަނަ ދުވަހު އެވެ.
12: 12
ރައްޔިތުންގެ މަޖިލީހުގެ އދ، މެންބަރު އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް އިބްރާހީމް މިއަދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
09: 12
ގާސިމް އިބްރާހީމް ޖުމްހުރީ ޕާޓީއާ މިއަދު ގުޅިވަޑައިގެންފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ