ކޮންމެ އާއިލާއެއްގައި ވެސް ގޭގެ ހަރަދުބަރަދާއި ޒިންމާތަކާއި ހަވާލުވެގެން އިސް މީހަކު ހުންނާނެ އެވެ. އެމީހާއަކީ ބިލުތައް ދެއްކުމުން ފެށިގެން ބާޒާރުކޮށް ދަރިންނަށް ތައުލީމު ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ގޭގައި ހުރިހާ ކަމެއް ރަނގަޅަށް ހިނގާކަން ކަށަވަރުކުރާ މީހާ އެވެ.
ނަމަވެސް ދިރިއުޅުމުގައި ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ހީވެސް ނުކުރާ ކަންކަން އެންމެ ނުގަޑީގައި ވެސް ކުރިމަތިވެދާނެ ކަމެވެ. ހާދިސާއެއް މެދުވެރިވެގެން ނުވަތަ ބޮޑު ބައްޔެއްވެގެން އާއިލާގެ ޒިންމާތަކާއި ހަވާލުވެގެން ހުރި މީހާ މާދަމާވެސް އެނދުމަތިވެއްޖެއްޔާމުން ނުވަތަ ލޯމަރާލައިފިނަމަ ވާނީ ކިހިނެއްބާވައޭ ވިސްނަނީ ކިތައް މީހުން ކަމެއް ނޭގެ އެވެ. އަދި އެ ޒިންމާތައް ދެން އަދާކުރާނީ ކާކު ކަމެއް ނޭގެ އެވެ.
އެފަދަ ހާލަތެއް މެދުވެރިވާ ދަނޑިވަޅެއްގައި ވެސް އާއިލާގެ ކަންކަން ބަރާބަރަށް އަދާކުރެވޭނެ މަގެއް ފަހިވެފައި އޮތުމަކީ ނުހަނު މުހިންމު ކަމެކެވެ. އެގޮތުން ފެމިލީ ތަކާފުލް ފަދަ ޕްލޭނުތަކުގެ ބޭނުން ހިފިދާނެ އެވެ. އެއީ ތިމާ ނެތް ދުވަހަކުން ނުވަތަ ޒިންމާތަކުން ދުރުވާންޖެހޭ ދުވަހު ވެސް އާއިލާގެ ރައްކަލެވެ.
އެލައިޑް ތަކާފުލްގެ ދަށުން އެކިއެކި ޝަރީއާ-ކޮމްޕްލަޔަންޓް ފެމިލީ ތަކާފުލް ޕްރޮޑަކްޓްތަކެއް ފަރުމާކޮށްފައި ވަނީ އެފަދަ ހާލަތެއްގައި އާއިލާތަކަށް ފަސޭހަކޮށްދިނުމަށެވެ. ތަކާފުލްގެ ނިޒާމު ބިނާވެގެން އަންނަނީ ޒިންމާ، އިތުބާރު އަދި އަޅާލުން ޔަގީންކުރެވޭނެ ގޮތްތަކެއްގެ މައްޗަށެވެ. އާއިލާގެ ޒިންމާތައް އަދާކުރަމުންދިޔަ މީހާ ނެތް ދުވަހަކުން އާއިލާއަށް އާމްދަނީ ހުއްޓި ބިކަވެދާނެ މަގު ބަންދުކުރުމަށެވެ.
އެލައިޑް ތަކާފުލްއިން ފޯރުކޮށްދޭ ފެމިލީ ތަކާފުލް ޕްލޭންތަކުގައި ޕްރޮޓެކްޝަން ޕްލޭނުތަކާއި ފަހަށް ފައިސާ ރައްކާކުރެވޭ ޕްލޭނުތައް ހުރެ އެވެ. އެގޮތުން ދަރިފުޅަށް 18 އަހަރު ފުރޭއިރު މަތީ ތައުލީމު ހާސިލުކުރަން ފައިސާ އެއްކުރާ ޗައިލްޑް އެޑިއުކޭޝަން ތަކާފުލް އަކީ، ޕްލޭނުގެ މުއްދަތު ހަމަވުމުން އެއްކުރެވުނު ފައިސާ އަދި އެއިން ލިބުނު ފައިދާ ވެސް ގަނޑުކޮށް ދޭ ޕްލޭނެކެވެ.
ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނުގެ މުއްދަތުގައި، ފައިސާ ދައްކަމުން ދިޔަ މަންމަ ނުވަތަ ބައްޕަ ނިޔާވެއްޖެ ނަމަ އިތުރު ކޮންޓްރިބިއުޝަން ދައްކަން ނުޖެހޭ ގޮތަށް އެލައިޑް ތަކާފުލްއިން ޕްލޭން ކުރިއަށް ގެންގޮސްދޭނެ އެވެ.
ސެކަންޑްރީ ސްކޫލް އެކްސްޕެންސެސް ތަކާފުލް އިން ވެސް ކުޑަ ދަރިފުޅު ސާނަވީ ތައުލީމު ފުރިހަމަކުރާ އުމުރުފުރާގައި ގަވައިދުން ފައިސާ ލިބޭނެ މަގެއް ހަމަޖެއްސުމަށް ފައިސާ ރައްކާކޮށްދޭ ޕްލޭނެކެވެ. އަދި ދަރިފުޅަށް 18 ވުމުން ބާކީ ހުރި ފައިސާއަކާއި އެއިން ނެރުނު ފައިދާ ވެސް ލިބޭނެ އެވެ.
އެލައިޑް ތަކާފުލްއިން ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް، އާއިލާގެ މުސްތަގުބަލަށް ޓަކައި ފައިސާ އެއްކުރުމަށް އިންވެސްޓްމަންޓް ތަކާފުލް، އަދި ދަރަނިން އާއިލާ ރައްކާތެރިކޮށްދިނުމަށް ޑެޓް ޕްރޮޓެކްޝަން ތަކާފުލް ޕްލޭން ވެސް ހުށަހަޅަ އެވެ.
މީގެ އިތުރުން އަންހެނުންނަށް ހާއްސަ، ޝަރީއާގެ އުސޫލުތަކުގެ ދަށުން ފައިސާ އެއްކުރުމާއި ފައިސާގެ ލިކުއިޑިޓީ އަދި އާއިލާއަށް މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ކަމަނަ ތަކާފުލް ޕްލޭނުން ތިބާ ނެތް ދުވަހަކުން އާއިލާއަށް ކޮށްދެވޭނެ ހެޔޮ ކަމެއް ކޮށްދެވެ އެވެ.
ދިގު މުއްދަތާއި ކުރު މުއްދަތުގެ މާލީ ލަނޑުދަނޑިތައް ހާސިލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ރަންރޭރު ތަކާފުލް ޕްލޭނުން ފަހަށް ރައްކާކުރުމާއި މާލީ ރައްކާތެރިކަމާއި މުސްތަގުބަލުގައި އާއިލާއަށް މާލީ ރައްކާތެރިކަންދެ އެވެ.
އެތަކެއް ގުރުބާނީތަކެއް ވެގެން އާއިލާއެއް ބެލެހެއްޓުމަކީ މީހެއްގެ ކޮނޑުގައި އެޅިފައި އޮންނާނެ އެންމެ ބޮޑު ޒިންމާ އެވެ. އެކަމަކު އެ ޒިންމާތައް އެކަނި މައި އެކަނި އުފުލާކަށް ނުޖެހޭނެ އެވެ. އެލައިޑް ތަކާފުލް އިން އެކަންކަމަށް ތައްޔާރުވުމަށް އެހީވެދީ އިތުބާރު ހޯދައިދެ އެވެ.
--
ނޯޓު: މިއީ އެލައިޑު އިންޝުއަރެންސްގެ އެޑްވަޓޯރިއަލް އެކެވެ.
އާއިލާގެ ކަންކަން ބަރާބަރަށް އަދާކުރެވޭނެ މަގެއް ފަހިވެފައި އޮތުން މުހިންމު އާއިލާގެ ކަންކަން ބަރާބަރަށް އަދާކުރެވޭނެ މަގެއް ފަހިވެފައި އޮތުން މުހިންމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ