ރައީސަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި
ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ރައީސަށް ނިސްބަތްކޮށްް މަރުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިރޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފޭސްބުކްގައި ރައީސަށް މަރުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވަނީ މަސީހު މޫސާ ،25، އެވެ. އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، ރައީސް މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ