މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހަައްޔަރުކުރި މަސީހު 10 ދުވަހަށް ބަންދުކޮށްފި މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހަައްޔަރުކުރި މަސީހު 10 ދުވަހަށް ބަންދުކޮށްފި

ސޯޝަލް މީޑިއާގައި ރައީސް މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްްޔަރުކުރި މީހާ 10 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރީ ތ. ތިމަރަފުށީ، މަލަސް، މަސީހު މޫސާ، 25، އެވެ. މި މައްސަލައިގައި ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ.
މި މައްސަލައިގައި މިހާތަނަށް ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ މައްސަލަ ބަލަން ފެށީ ސޯޝަލް މީޑިއާގައި އެ މީހާ ކުރި ޕޯސްޓު އެ އިދާރާގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ.
މަސީހު މޫސާ ނަމަކަށް ކިޔާ އެކައުންޓަކުން މުއިއްޒު މަރާލަން ޖެހޭ ކަމަށް ޕޯސްޓު ކުރީ މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ގުޅޭ ހަބަރެއް ޝެއާކުރަމުންނެވެ. އެ ޕޯސްޓުގައި އޮތީ އެހެން ނަމަ އެންމެ މަރާލަން ޖެހޭނީ މުއިއްޒު ކަމަށް ދޭހަވާ ގޮޮތަށެވެ.
މިއީ ރައީސްކަމަށް ވަޑައިގެންނެވި ފަހުން މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލާ ދެ ވަަނަ ފަހަރެވެ. ކުރިން ފަހަރު ސޯޝަލް މީޑީއާގައި މުއިއްޒަށް މަރުގެ ހައްޔަރުކުރީ، ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު، 40 އެވެ.
މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް މަރުގެ އިންޒާރު ދިން މައްސަލައެއް ވެސް ފުލުހުން ބެލި އެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއްގައި އެއްވެސް މީހަކަށް މައްސަލަ ސާބިތުވެގެން ހުކުމެއް ނީއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ