7 މަހުން 1.29 މިލިއަން ފަތުރުވެރިން އަތުވެއްޖެ؛ %9.5ގެ ކުރިއެރުން

މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށާއި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %9.5 އިތުރު އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ 30ގެ ނިޔަލަށް، އެ މަސް ތެރޭ:
180،438 ފަތުރުވެރިން ވަނީ އައިސްފައި 
އެއީ މިދިޔަ އަހަރުގެ ޖުލައި މަހު އައި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު %11.8 އިތުރު އަދަދެއް
މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 180،438 ފަތުރުވެރިން
ތަފްސީލް - ޓޫރިޒަމް މިނިސްޓްރީން ބުނީ، މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6،000އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ކަމަށެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން:
%73 މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައި 
ޓޫރިސްޓުންގެ %22 މީހުން ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކުރޭ 
ހޮޓާ އަދި ސަފާރީ އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރަނީ ރާއްޖެ އަންނަ ފަތުރުވެެރިންގެ %2 މީހުން
މިދިޔަ ހަތް މަހު އެންމެ ގިނަ ފަތުރުވެރިން އައި 10 ގައުމަކީ:
ޗައިނާ - 188،317 ފަތުރުވެރިން؛ މިދިޔަ އަހަރަށް ވުރެ %14.6 އިތުރު
ރަޝިއާ - 152،385 ފަތުރުވެރިން؛ މިދިޔަ އަހަރަށް ވުރެ %11.8 އިތުރު
އިނގިރޭސިވިލާތް - 120،937 ފަތުރުވެރިން؛ މިދިޔަ އަހަރަށް ވުރެ %9.4 އިތުރު
އިޓަލީ - 93،024 ފަތުރުވެރިން؛ މިދިޔަ އަހަރަށް ވުރެ %7.2 އިތުރު
ޖަރުމަނު - 91،364 ފަތުރުވެރިން؛ މިދިޔަ އަހަރަށް ވުރެ %7.1 އިތުރު
އިންޑިއާ - 75،376 ފަތުރުވެރިން؛ މިދިޔަ އަހަރަށް ވުރެ %5.8 އިތުރު
އެމެރިކާ - 39،546 ފަތުރުވެރިން؛ މިދިޔަ އަހަރަށް ވުރެ %3.1 އިތުރު
ފްރާންސް - 37،496 ފަތުރުވެރިން؛ މިދިޔަ އަހަރަށް ވުރެ %2.9 އިތުރު
ސެޕެއިން - 25،555 ފަތުރުވެރިން؛ މިދިޔަ އަހަރަށް ވުރެ %2 އިތުރު
ސްވިޓްޒަލެންޑް - 25،404 ފަތުރުވެރިން؛ މިދިޔަ އަހަރަށް ވުރެ %2 އިތުރު
ފާހަގަކޮށްލެވޭ - މިއަހަރު ސަރުކާރުން ކަނޑައަޅާފައި ވަނީ 2.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ